1444ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖާޖީންގެ އެންމެ ފުރަތަމަ ގްރޫޕްގައި ހިމެނޭ ބޭފުޅުންނާ ރައީސްގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައި ޙައްޖާޖީންނަށް އަލްވަދާޢު ވިދާޅުވެއްޖެއެވެ.

ޙައްޖުގެ މަތިވެރި އަޅުކަމަށް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މިއަދު ފުރާ 294 ޙައްޖާޖީންނާއި އެފަރާތްތަކުގެ ޢާއިލާތަކާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބައްދަލުކުރައްވައި އެމަނިކުފާނު ވަނީ އެބޭފުޅުންގެ ޙާލު ބައްލަވައިލައްވައި ދަތުރާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.

މީގެ އިތުރުން ވެސް ފާއިތުވި އަހަރުތަކެކޭ އެއްފަދައިން ދިވެހި ޙައްޖާޖީންގެ ކަންކަން ފުރިހަމަކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން އެބޭފުޅުންގެ އިންތިޒާމުތައް ސަރުކާރުން ވަރަށް ގާތުން ބަލާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ހުރިހާ ޙައްޖުވެރިންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގަންނަވާފައެވެ.

މިއަހަރުވެސް ޙައްޖާޖީން ފުރުމަށްޓަކައި އެއަރޕޯޓަށް ގެންދިޔުމުގެ ކަންކަން ސަރުކާރުން ވަނީ އިންތިޒާމްކޮށްދީފައެވެ . އަދި ފުރުމަށް ހަމަޖެހިފައި ވަނީ މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއިންނެވެ. މިގޮތުން ބަސްތަކާއި ފެރީ އަލި ލޯންޗް މެދުވެރިކޮށް ޙައްޖާޖީންނާއި އެ ފަރާތްތަކުގެ އެހީތެރިން އެއަރޕޯޓަށް ގެންދިޔުމުގެ އިންތިޒާމްތައް ސަރުކާރުން ދަނީ ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، މި އަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ފާހަގަކޮށްލެވެއެވެ.