ފުލުހެއްގެ އަތުގައި ދަތްއެޅި ކަމަށް ތުހުމަތުކޮށް ޕީޕީއެމްގެ އެކްޓިވިސްޓް އާއިޝަތު ނުހާ އަހުމަދު ހައްޔަރުކޮށް ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ. ނުހާ ހައްޔަރުކޮށްފައި ވަނީ އިދިކޮޅުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ އިހުތިޖާޖުގެ ތެރެއިންނެވެ.

ނުހާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ މާރާމާރީ ހިންގުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ މައްސަލައެއްގައި ކަމަށް މި މައްސަލާގެ ބަންދުގެ މުއްދަތު ޖެހި ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. ނުހާއަކީ ހައްޔަރުގެ ރިކޯޑުތައް ގިނަ ފަރާތެއް ކަމަށްވެސް އަމުރުގައި ފާހަގަ ކޮށްފައިވެއެވެ. މިފަހަރު އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް އެ އަމުރުގައި ފާހަގަކުރިއެވެ.

އެ ކުށަށް ނުހާ އިންކާރުކޮށްފައިވާއިރު ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް މަސައްކަތް ކުރަމުން ދިޔަ ވަގުތު ފުލުހުންގެ އަތުގައި ދަތްއަޅާފައިވާ ކަމަށެވެ.

ނުހާ ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ކޯޓުން ވަނީ ބުނެފައެވެ.