ށ. މިލަންދޫގައި މިހާރު ކުރިއަށްގެންދާ އަމާންވެށި ޕްރޮގްރާމްގެ ތެރެއިން، އެރަށު ސްކޫލްގެ ގްރޭޑް 10 އިން 12 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ”ލައިފް ކްރާފްޓް” ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އިއްޔެ ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ތަފާތު އެކި ދާއިރާތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް މައުލޫމާތު މައުލޫމާތު ދިނުމުގެ ސެޝަންތަކާއި ދަރިވަރުންގެ މެދުގައި ގުރޫޕް މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އަދި ސްކޫލު ނިންމައި ވަޒީފާގެ މައިދާނަށް ދަރިވަރުން ނުކުންނަ އިރު ކުރިއަށްދާނެ ދާއިރާއެއް އިހުތިޔާރުކުރުމަށް ހިޔާލުދީ މަގުފަހިކޮށްދިނުމުގެ ގޮތުން ތަފާތުއެކި މައުލޫމާތު މި ސެޝަންތަކުގައި ހިއްސާކޮށްފައިވެއެވެ.

އެގޮތުން، ބިޒްނަސް އައިޑިއޭޝަން، މޯޓިވޭޝަން، އެންޓަރޕްރިނަރޝިޕް، އެތިކްސް އެންޑް ވެލިއުސް އަދި ސައިބަރ ސޭފްޓީއާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ. އޭގެ އިތުރުން، ކެންސަރު ބަލިން ރައްކާތެރިކުރުވުމަށް ހޭލުންތެރިކުރުވުމުގެ ސެޝަނެއް ކެންސަރ ސޮސައިޓީގެ ފަރާތުން ކުރިއަށް ގެންގޮސްފައިވާއިކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެެވެ.

މި ސެޝަނުގައި، ކެންސަރު ބަލި، މިބަލީގެ އަލާމާތްތައް، މިބަލި ދެނެގަތުމަށް ސްކްރީންކުރުން، ކެންސަރުބަލިން ރައްކާތެރިވުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތަައް އަދި މިބަލި ތަހަންމަލު ކުރުަމުންދާ މީހަކަށް އެހީތެރިވެ ލޯތްބާއި އަޅާލުންދިނުންފަދަ ތަފާތު މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ޖޫން 4 އިން 19 އަށް އަމާންވެށި ޕްރޮގްރާމް ކުރިއަށް ގެންދަނީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި، މިލަންދޫ ޕޮލިސް ސްޓޭޝަނާއި، ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކާއި، މިލަންދޫ ކައުންސިލާއި ރަށުގެ އެހެނިހެން އިދާރާތަކުގެ އިތުރުން ރަށުގެ ޖަމުއިއްޔާ ޖަމާއަތްތައް ގުޅިގެން ރައްޔިތުންގެ ބައިވެރިވުމާ އެކުގައެވެ.