ދިވެހި ދައުލަތަށް 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ މާފަންނު ދޫރެސް ޢަބްދުﷲ ޖަމީލް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުޅުވާފައިވާ ދަފްތަރު ހުޅުވާފައި އޮންނަ މުއްދަތު އިތުރުކުރައްވައިފިއެވެ.

އެގޮތުން މިހާރު ތަޢުޒިޔާގެ ދަފުތަރު ހުޅުވާފައި އޮންނާނީ މި ހިނގާ ޖޫން މަހުގެ 19 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރުފަހު 1:00 އަށްކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

އަދި ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވަން ބޭނުންފުޅުވާ ބޭފުޅުން، އެ އޮފީހަށް ވަޑައިގަތުމުން، ދަފްތަރުގައި ސޮއިކުރެއްވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.