ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެއަށް ވަޑައިގަންނަވައިފިއެވެ.

ރައީސް ޞާލިޙް، ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނުގެ މި ދަތުރުފުޅަކީ ބޭސްފަރުވާއަށް ކުރެއްްވެވި ދަތުރުފުޅެކެވެ.

ރައީސް ޞާލިޙް ވަނީ އެކި ފަހަރު މަތިން ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފަ އެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު، ފެބްރުއަރީ މަހުވެސް ސިންގަޕޫރަށް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ.

އެގޮތުން ރައީސްގެ ދެކަނބަލުން އެންމެ ފުރަތަމަ ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.