މާލެސިޓީހެންވޭރު ގެއެއްގެ ތެރޭގައި ތިން ދިވެއްސަކު ރަހީނު ކޮށްފައި ބޭތިއްބި މައްސަލައިގައި ހައްޔަރުކުރި 18 އަހަރުންމަތީ މީހާގެ ބަންދަށް 15 ދުވަސް ދީފިއެވެ.

އިއްޔެގެ ވަގުތެއްގައި ހެންވޭރު އަބަދަށްއުފާ މަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނު ކޮށްފައި ބޭތިއްބި މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެކެވެ.

މިއަދު ފުލުހުން ބުނެފައިވަނީ އިއްޔެ ހައްޔަރުކުރި މީހުންގެ ތެރެއިން 18 އަހަރުން ދަށުގެ ކުއްޖާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި ދިވެހި ފިރިހެންމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައިވެއެވެ.

އެގެއަށް ފުލުހުން ވަދެފައިވަނީ ބާރުގެ ބޭނުންކޮށްގެން ކަމަށް އިއްޔެ ފުލުހުންމައުލޫމާތު ދެމުން ބުންޏެވެ. އަދި ރަހީނުކޮށްފައިތިބި ދިވެހި 3 ފިރިހެނުން ސަލާމަތްކޮށްފައިވާ ކަމަށާއި އެމީހުންނަށް އެކިވަރުގެ އަނިޔާކޮށްފައިވާ ކަމަށެވެ. އެހެންކަމުން އިއްޔެ އެވަގުތު އެމީހުނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދެވުނު ކަމަށްވެސް ފުލުހުން ބުނެވައިވެއެވެ.