ހުޅުމާލެ ސީރިއަސް ކްރައިމް ސެލް އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ / މުޖްމަރާގެ، އަޙްމަދު ރާއިދު ޙުސައިން (26އ) ކަމަށެވެ.
އަދި އަޙްމަދު ރާއިދު ޙުސައިން އާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ޕޮލިސް ސްޓޭޝަންއަށް ގުޅުއްވައި ޙިއްސާކުރެއްވުމަށްވެސް ފުލުހުން އެދިވަޑައިގަންފައިވެއެެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.