މުވައްމަލަކު އަލައޮޅުގައި ހައްދާ އަލަ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އަލަ ފަތަފޮޅިއަކީ މަޝްހޫރުވެސް އެއްޗެކެވެ. މިއީ މުރަނަކޮށް ހަދާފައި ހުންނަ އަނގަޔަށް މީރު އެއްޗެކެވެ. އަދި މިއީ ކޮންމެ ގަޑިއަކުވެސް ހަފާލަން އެންމެ އެކަށީގެންވާ ކާނާއެކެވެ.

އަލަ ފަތަފޮޅި ތައްޔާރުކޮށްފައިވަނީ ހިކިމަހާއި، ރޯމިރުހާއި، ފިޔާ، އިނގުރު، އަލުވި، ހިކިމިރުސް، ފުށް، ލޮނު، ކައްކާ ފަތް، އަދި ރިހާކުރުގެ އިތުރުން ކާށި ބޭނުންކޮށްގެންނެވެ.

އަލަ ފަތަފޮޅިއަކީ އެއްވެސް މައްސަލައެއް ދިމާނުވެ ތިން މަސްދުވަހާ ހަމައަށް ބޭނުންކުރެވިދާނެ މީރުކާއެއްކެވެ. ފަސް ގްރާމުގެ ފޮޅިއެއްގެ އަގަކީ 4:50 ރުފިޔާއެވެ.

ހެނދުގެ ސައަށާއި ހަވީރުގެ ސަޔަށްވެސް މިއީ ވަރަށް ޚާއްސަ އެއްޗެކެވެ. އަލަފަތަފޮޅި ރަހަބަލާލަން ބޭނުންނަމަ އީޓުކުރިން މެދުވެރިކޮށް ގެނެވިދާނެއެވެ. މިއީ އެންމެ ފަސޭހަ ކަމާއިއެކު މި ގެނެވެން އޮތް އެއްމަގެވެ. ލަސްނުކުރައްވައި އީޓުކުރި މެދުވެރިކޮށް އަލަ ފަތަފޮޅިއަށް އަވަހަށް އޯޑަރކޮށްލައްވާށެވެ.

އީޓުކުރިއަކީ އާންމު ދިރިއުޅުމުގައި ބޭނުންވާ ހުރިހާ މުދަލެއް އެއްތަނަކުން އޮންލައިންކޮށް ހޯދުމަށް ފަރުމާކޮށްފައިވާ ވިޔަފާރި ޕްލެޓްފޯމެކެވެ.

ރާއްޖޭގެ ކުޅަދާނަ ފަންނުވެރިންގެ އުފެއްދުންތަކާއި، ބަދިގެ ސާމާނާއި، އަންނައުނާއި ރީތިވާ ސަމާނުގެ އިތުރުން މޯބައިލް ފޯނާއި އެކްސެސަރީސް އީ-ޓުކުރި މެދުވެރިކޮށް ލިބޭނެއެވެ. އޭގެ އިތުރުން މާލޭގެ މަޝްހޫރު ފިހާރަތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮންލައިންކޮށް ހިންގާ މަޝްހޫރު ޝޮޕް ތަކުން ވިއްކާ މުދާ ވެސް މި ޕްލެޓް ފޯމު މެދުވެރިކޮށް ލިބޭނެއެވެ.