ހިންދުސްތާނުގެ މެރަތަން އިން އެއްވަނަ ނަސްރުﷲ އަހުމަދު ހޯދައިފި.

6

ހުވަދު އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާއަށް ނިސްބަތްވާ، މަޝްހޫރު ދުވުންތެރިޔާ ނަސްރުﷲ އަހުމަދު، ނިއުދިއްލީގައި އޮތް ހިންދުސްތާން މެރަތަން އިން އެއްވަނަ ހޯދައި ރާއްޖެއަށް ރީތިނަން ހޯދައި ދިފިއެވެ.

ސާޅީސް ދެ ކިލޯމީޓަރ ތިންގަޑި އިރުން ނަސްރުﷲ އަހުމަދު ނިންމާފައިވަނީ، މަޝްހޫރު ވަރުގަދަ އެތުލީޓުންނާ ވާދަކޮށްގެންނެވެ. އެހެން ކަމުން މިއީ ރަސްރުﷲ އަހުމަދުގެ އިތުރުން ރާއްޖެއަށާއި، އޭނާ ވަޒީފާ އަދާކުރާ އެމް.އެން.ޑީ އެފް އަދި އޭނާގެ އުފަން ރަށަށް ލިބުނު ކާމިޔާބީ އަކާއި އުފަލެއްކަން ޔަގީނެވެ.

Advertisements

ނަސްރުﷲ އަހުމަދު މިހާތަނަށް 42 މެރިތަން ފުރިހަމަކޮށްފައެވެ. ރާއްޖޭގެ ދިގު ދުވުމުގެ ރިކޯޑް އޮންނަ ނަސްރުﷲ އަހުމަދަކީ އެމް.އެންޑީ އެފްގެ ސްޓާފް ސާޖެންޓްގެ ވަޒީފާ އަދާކުރަމުން ގެންދާ ހީވާގި މުރާލި މީހެކެވެ.

ނަސްރުﷲ އަހުމަދަށް މިލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން، ޗީފް އޮފް ޑިފެންސް ފޯސް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ނަސްރުﷲ އަހުމަދާއި ބައްދަލުކޮށަފައެވެ.

Advertisements
އާޔަން އަހުމަދު
އަހުމަދު އަކީ، ލިޔުންތެރިކަމަށް ޝަޢުގުވެރިކަން ހުންނަ އަދި ލިޔުންތެރިކަމުގައި ކުރިއަށް ދާން މަސައްކަތް ކުރާ ފަރާތެކެވެ.

6 COMMENTS

  1. ނަސްރުއަކީ ވަރަށް އަޚުލާގު ރަނގަޅު މީހެއް އަހަރެން ދަންނަން. ކާމިޔާބީގެ އަސްލަކީ އެއީ.

  2. އޭބޫ އަހަންނަގެ އަތޮޅޭ ކުއްދެކެ. އެކޮއްޔާ ހޮވީ ކާމިޔާބަޓެ. މަރުހަބާ

  3. ރާއްޖެއަށް ތިޔަ ހޯއްދަވައި ދެއްވި ރީތި ނަމަށް ޝުކުރު އަދާކުރަން

  4. ގައުމަށް ބޭނުންވަނީ އަބަދުވެސް ގައުމުގެ އަގުހިފަހައްޓާ ގައުމު ދެކެ ލޯބިވާ މީހުން. މިލިބުނު ކާމިޔާބީ ޖެހޭ ފާހަގަ ކުރަން އެހެން ފަރާތްތަކަށްވެސް ޢިބުރަތަކަށް ވާނެ ގޮތަށް

Comments are closed.