ނ.މާފަރު އެއަރޕޯރޓުގެ ފެންސުގެ އެތެރެއިން ހޭޅިފަށުން ގޮތްނޭގޭ ޖަނަވާރެއް ފެނިގެން ސިފައިން ގޮސް ބެލި ބެލުމުން ބުޅަލެއް ނޫން އެއްޗެއް ފެނިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މާފަރު އެއާޕޯޓުން ގޮތްނޭނގޭ ޖަނަވާރެއް ފެނިގެން އެމްއެންޑީއެފަށް ރިޕޯޓު ކޮށްފައިވަނީ އިއްޔެ ހަވީރު ފަހެއް ޖަހާއެހައިންކަންހާއިރުއެވެ.

މީފަރުގައިތިބޭ ސިފައިންނަށް އެ ޚަބަރާއެކު ލިބިފައިވާ ވީޑިއޯ ކްލިޕުން އެއީ ކޮން އެއްޗެއްކަން ޔަޤީންކުރެވިފައިނުވެއެވެ. އެހެންކަމުން މާފަރުގައި ތިބޭ ސިފައިންދިޔައީ މާފަރު އެއަރޕޯރޓާ ގުޅިގެން އެ ހޯދުމުގެ މަސައްކަތްކުރަމުންނެވެ. ރެއާ ހަމައަށް ކުރެވުނު މަސައްކަތުން އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް ސިފައިން ވަނީ ބުނެފައެވެ.

ވީޑިއޯ ކްލިޕުން ފެނުނީ ކޮންއެއްޗެއްކަން ކަށަވަރު ކުރުމަށްޓަކައި މިއަދު އިތުރު ސިފައިން މާފަރަށްގޮސް މާފަރު އެއަރޕޯރޓްގެ ސަރަހައްދު ވަނީ އެއްކޮށް ބަލާފައި ކަމަށް ވެސް ސިފައިން ވަނީ ބުނެފައެވެ. "ނަމަވެސް ބުޅަލެއް ފިޔަވައި އިތުރު ޖަނަވާރެއް ފެނިފައިނުވެއެވެ. ބޮޑަށް ލަފާކުރެވެނީ ބުޅަލެއް ހިނގާފައި ފަނިކޮށް ވީޑިއޯ ކުރެވިފައިއިން ދުރުމިނާއި އެންގަލްގެ ގޮތުން އަސްލު ސައިޒަށްވުރެ ބޮޑުކޮށް ފެންނާތީ ހީވާ ހީވުމެއްކަމަށެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެ ޖަނަވާރު ހޯދުމަށް އިތުރަށް ފޮނުވި ސިފައިން މިހާރުވަނީ އެނބުރި އައިސްފައި ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.