އެހެން މީހެއްގެ އެކައުންޓުން އެމީހާއަށް ނޭނގި 10،500 ރުފިޔާ ވަގަށް ނެގި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

އެ މީހާގެ ފޮޓޯ އާއްމުކޮށް ފުލުހުން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ، އޭނާ ހޯދަމުން އަންނަނީ އެހެން މީހެއްގެ އެކައުންޓުން އެ މީހާއަށް ނޭނގި 10،500ރ.ގެ ފައިސާގެ މުއާމަލާތެއް ހިންގި މައްސަލައަކާ ގުޅިގެން ކަމަށެވެ.

އަދި އޭނާ ހޯދަނީ އެ މައްސަލައާ ގުޅިގެން ސުވާލު ކުރަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައި ނުވާތީ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ފޮޓޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަން ނަންބަރު 9660183އަށް ގުޅުމަށް ފުލުހުން ވަނީ އެދިވަޑައިގަންފައެވެ.