މިއަހަރުގެ ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން އދ.ހަންޏާމީދުގައި އީދު ނިންމާލުމަށް 1438 ބޮޑުބެރު ގުރޫޕުން ރޭގައި ފޯރިގަދަ ޝޯއެއް ދީފިއެވެ.

މީގެއިތުރުން އެ ރަށުގައި އިއްޔެ ހަވީރާއި ރޭގަނޑުވެސް ވަނީ ނަން ވިދަމުންދާ 1438 ބޮޑުބެރު ގުރޫޕުގެ ފުރިހަމަ ހަރަކާތްތަކެއް ދައްކާލާފައެވެ.

އަދި މެހެމާންދާރީ އަދާކުރުމުގެ ގޮތުން ހަންޏާމީދޫއިން ވަނީ ފުރިހަމަ މަރުހަބާއެއް ބޮޑުބެރު ގުރޫޕަށް ކިޔާފައެވެ. އެ މެހެމާންދާރީއަަށް ފަހު 1438 ބޮޑުބެރު ގުރޫޕުންވަނީ ދަފި ނެގުމުގެ ބަލާލަން ރީތި ފަރި ހަރަކާތްތަކެއް ދައްކާލާފައެވެ. އަދި ހަމައެއާއެކު ރޭގައި މޫސުން ތަން ނުދިން ކަމުގައިވިޔަސް ހަންޏާމީދޫ ރައްޔިތުންނާ ބޮޑުބެރު ގުރޫޕުގެ ފޯރިއަށް އެއްވެސް ބަދަލެއްނެތި ރޭގައި ވަނީ ވާރޭގައިވެސް ޝޯ ދީފައެވެ.

1438 ބޮޑުބެރު ގުރޫޕުގެ ދަފި ނެގުން

ކޮންމެ ރަށެއްގައިވެސް ތަފާތު ރީތި ހުނަރުތަކެއް ދައްކާލެވޭތޯ ބަލަމުންދާކަން ބޮޑޫބެރު ގުރޫޕުގެ ހަރަކާތްތަކުން ހާމަވެގެންދެއެވެ. 1438 އަކީ ޒުވާން ކުދިންތަކެއްގެ ރީތި ހުނަރު ފެނިގެންދާ ގުރޫޕެކެވެ. އެގޮތުން ރޭގައިވަނީ އެ ގްރޫޕުގެ ލަވަ ސެޓުގެ ލަވަތަކާއި މާފަތީގެ ނެށުންތައްވެސް ދައްކާދީފައެވެ.

އީދުގެ ކުޅިވަރުތައް ފާހަގަކުރުމުގެ ގޮތުން އީދުގެ ތިންވަނަ ދުވަހު ވަނީ އީދު ފަރިވަޅު ކައްކާ ރައްޔިތުންނަށް ކާންދީފައެވެ. މިއީ ރަށު ރައްޔިތުން ގުޅިގެން އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ކޮންމެ އަހަރަކުވެސް ކުރާ ކަމެކެވެ. މެންދުރުގެ ކެއުމަށް ފަހު ފިރިހެނުންވަނީ ދަފި ނަގާފައެވެ.

މީގެ އިތުރުން ހަންޏާމީދޫގައި ވަނީ އެދުވަހު ހަވީރު ވަނީ އެހެން އަހަރުތަކުގައި ނުކުޅޭ ކުޅިވަރެއް ކުޅެފައެވެ. އެއީ ގިރިސް ދަނޑިއަށް އެރުމެވެ. އެ ދަނޑީގައި ގިރިސް އުނގުޅައި، ދަނޑީގެ ކޮޅުގައި 2،000 ރުފިޔާ އެލުވާފައި ހުރެއެވެ. އަދި އެ ދަނޑިއަށް އަރާ މީހަކަށް އެ 2،000 ރުފިޔާ ލިބެއެވެ.

ހަންޏާމީދޫއިން ޖަޒްލާ މުހައްމަދު