ބ. އޭދަފުށީގައި ހިންގިއޮޕަރޭޝަނެއްގައި ބަނގުރާހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެެނެސްފިއެވެ.

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނަކީ އޭދަފުށީގައި ހުރި ގުދަނެއްގައި ބަނގުރާ ހުރިކަމަށް އެ ރަށު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ.

މި ޖުލައި މަހުގެ 3 ވަނަ ދުވަހު އޭދަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި އެ ގުދަން ބަލައި ފާސްކުރިއިރު ފަސް ފުޅި ބަނގުރާ އަދި 43 ދަޅު ބިޔަރު ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވެއެވެ. އަދި މި މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.