ލިޔުންތެރިންގެ ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ރާއްޖޭގެ ލިޔުންތެރިންނަށް އަރިސް ކުރައްވާ މިއަދު ފޮނުއްވި މެސެޖުގައި ދިވެހި ބަހުގެ ލިޔުންތައް އިތުރުކުރުމަކީ ދިވެހިންގެ އަދަބީ ތަރިކަ ރައްކާތެރިކޮށް ދިވެހި ބަސް ދިރުވައި އާލާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އަދި ދިވެހިބަސް ދިރުވާ އާލާކުރުމަށްޓަކައި ކުޑަކުދިންނާ ޒުވާނުން ދިވެހި ބަހަށް ޝައުޤުވެރި ކުރުވަންޖެހޭކަންވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރާއްޖޭގައި ލިޔުންތެރިންގެ ދުވަސް މިއަދު ފާހަގަ ކުރާއިރު މިއަދުގެ މުނާސަބަބާ ގުޅިގެން ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.