ދިވެހި ރާއްޖޭގެ ދިވެހި ފިލްމު އިންޑަސްޓްރީގެ އަގު ވަޒަން ކުރުމަށް ގޮތުން ބާއްވާ ފިލްމް އެވޯޑް މިއަންނަ މަހު ފަހެއްގައި ބޭއްވުމަށް ނިންމައިފިއެވެ. ދިވެހި ފިލްމް އެވޯޑް-10 މިއަހަރުގައި ބާއްވާއިރު، އޭގައި ދައްކަން ހަމަޖެހިފައިވަނީ 2019 އާއި 2022 އާ ހަމައިގެ ކޮންޓެންޓުތަކެވެ.

ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް (އެންސީއޭ) އިން ނެރުނު އިއުލާންގައިވަނީ މި އަހަރުގެ އެވޯޑަށް ފިލްމުތައް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށެވެ. އަދި އުފެއްދުންތައް ހުށަހެޅުމަށް ވަނީ މި މަހުގެ ސޯޅައިގެ ނިޔަލަށެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ހެދި ފިލްމީ ދާއިރާއަށް މިދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް ވަނީ ގެއްލުން ވެފައެވެ. އަދި ގިނަ މުއްދަތަކަށް އޮލިމްޕަސް ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެއްވެސް ފިލްމެއް ނޭޅުވި، ތިއޭޓްރިކަލް ރިލީޒްތަކުގެ އަދަދުތައް އޮތީ ވަރަށް ބޮޑަށް މަދުވެފައެވެ.

މިއަހަރުގެ އެވޯޑުތަކުގެ ތެރޭގައި ހިމޭނޭނީ ފީޗާ ފިލްމާއި، ކުރު ފިލްމުގެ އިތުރުން ޑޮކިއުމެންޓްރީއެވެ. މި ދާއިރާތަކަށް ބަލާނަމަ 2019 އިން 2022 އާ ހަމައަށް ނެރެފައިވާ ފީޗާ ފިލްމުތަކުގެ އަދަދަކީ ސާދަ ފިލްމެކެވެ. މި މުއްދަތުގައި ހަތް ކުރު ފިލްމެއް ވަނީ ނެރެފައެވެ.

މިދިޔަ ފިލްމް އެވޯޑްގައި ބައިވެރި ކޮށްފައިވަނީ ތޭރަ ފިލްމެވެ. 2019 ވަނަ އަހަރުގައި ބޭއްވި އެވޯޑު ހަފުލާގައި އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ އައިޝަތު ރިޝްމީ އާއި ރަވީ ފާރޫގު ލީޑުން ފެނުނު "ވިޝްކާ" އަށެވެ. އަދި އެންމެ ގިނަ އެވޯޑް ލިބިފައިވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ)އަށެވެ.