އެސްޓީއޯއިން، މިދިޔަ ރޯދަމަހަށް ހާއްސަކޮށް ކުރިޔަށް ގެންދިޔަ "ރަމަޒާން ބާޒާރު"ގެ ނަސީބުވެރިން ހޮވައިފިއެވެ. އެސްޓީއޯ އިން ކުރިއަށް ގެންދިޔަ ރަމަޒާން ބަޒާރު ސޭލަކީ ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު އެއް ސޭލެވެ.

ޖެނުއަރީ މަހުގެ ބާވީހުން ފެށިގެން އޭޕްރިލްމަހުގެ އޮނަތިރީހާ ހަމަައަށް ކުރިއަށްގެން ދިޔަ މި ޕްރޮމޯޝަނުގެ ހުރިހާ ބައިވެރިންގެ ތެރެއިން ގުރުއަތުން ނަސީބުވެރި އެއް ފަރާތް ހޮވައި އިނާމެއްގެ ގޮތުގައި ދެ މީހަކަށް އުމްރާ ދަތުރެއް ދިނުމަށް އެސްޓީއޯއިން ވަނީ ކަނޑައަޅާފައެވެ.

މި އަހަރުގެ ޕްރޮމޯޝަނުގެ ބޮޑު އިނާމުގެ ގޮތުގައި ހުށަހަޅާފައިވާ ދެ މީހެއްގެ އުމްރާ ދަތުރު ލިބިފައިވަނީ އަބްދުއްރަހްމާން އަބްދުލް ގާދިރަށް ކަމަށް އެސްޓީއޯއިން މައުލޫމާތުދެއއެވެ. އަދި ބޮޑު އިނާމުގެ އިތުރުން އެހެން ތިން ނަސީބުވެރިޔަކު ހޮވައި އެ ފަރާތްތަކަށްވެސް އަގުހުރި އިނާމުތަކެއް މި ޕްރޮމޯޝަނުގައި ދީފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މި ތިން ކަސްޓަމަރުންނަށް ލިބިފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން މުދާ ނެގުމަށް 4،000 ރުފިޔާގެ ވައުޗަރެވެ.