"ގޭތެރެ ހިރަފުސްފޮޅާ ނިމޭއިރު ގުދާރުން އަޑުކިޔާ. ހަމަތެދެއް މިބުނީ. ފިރިމީހާއަށް ހުރެވޭ ދުވަހެއްގައި ނޫނީ ގޭތެރެސާފެއް ނުކުރެވޭ،"

"ތިއަށްވުރެ މާވޭންހުރި. ހަމަ ފޮޅަން ފަށާއިރަށް ހައްުޗިސް އައްޗުސް އެކިރާގުރާގަށް. ދެން އެހަފުތާވެސް އެހާލެއްގައި އުޅެން ޖެހޭނީ، މީހަކަށް އަގުދީގެން މަހަކުއެއްފަހަރު މުޅިގެ ސާފުކުރުވިޔަސް ހާދަ ހިރަފުހެއް ކޮންމެ ދުވަހަކުވެސް އޮވެއޭ، އަނެއްކާ ކުދިން ގޭތެރެ ހަޑިނުކޮށް ނުތިބޭނެތާ. ދޫލަ އަޅާފައި އޮންނަ ކޮޓަރިއެއް. އެެސާފު ކުރަން އެހުންނަ ބޮޑު މެޝިންގަޑު އުފުލާ ނަގާ ވެކިއުމް ކޮށް ނިމޭއިރު މަށަކުން ދެން ކުރާނެ ކަމެއްނޯވޭ،"

އަންހެންވެރިންގެ މި ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ފިސާރި ފުރިހަމަ ހައްލެއް އެސްޓީއޯއިން ލިބެން އެބަހުއްޓެވެ. މިއަހަރުގެ ކުރީކޮޅު އެސްޓީއޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހިޓާޗީ ހޯމް އެޕްލައަންސްގެ ޑިހިޓާޗީ ހޯމް އެޕްލައަންސްގެ ހެޑް އޮފް ސޭލްސް މިސްޓަރ ޑެނިސް ޗުއާން ވަނީ މި އަތަށް ފަސޭހަ، ގެންގުޅެން ރައްކާތެރި ކޯޑްލެސް ސްޓިކް ޓައިޕް ހިޓާޗީ ވެކިއުމް ކްލީނާރގެ މައުލޫމާތު ކިޔައިދީ ތައާރަފްކޮށްފައެވެ. މި ވެކިއުމް ކްލީނަރ އަކީ އަތަށްލުއި ވެފައި އެހާމެ އަމާންރައްކާތެރި މެޝިނެކެވެ.

ގޭތެރޭގެ ކޮންމެ ތަނެއްގައިވެސް ރީތިކޮށް ބަހައްޓާލެވޭ ފަސޭހަ ސައިޒެއްގެ މިވެކިއުމްކްލީނަރ ގެންގުޅޭއިރު އެންމެ ބޮޑަށް ހިތަށް ސިފަ ވަނީ ކުނިކަހާ ފިހިގަނޑެއް ހިފައިގެން އުޅޭ ކަހަލަ ގޮތެކެވެ. އުނަގަނޑަށް ތަދުވާ، ގުދުވެ ތަންތަން ސާފުކުރަން ދަތި ފަރާތްތަކަށް މިއީ ގާތްއެހީތެރިއެކެވެ، ހަނިދޭތެރެތަކާއި އަނދިރިކަންކަނަށް ފަސޭހަކަމާއެކު އަލިކކުރަމުން ވައްދާލެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ މި ވެކިއުމްކްލީނަރއަކީ ގެންގުޅެން އެހާމެ ރައްކާތެރިވެސް އެއްޗެކެވެ.

އެސްޓީއޯއިން ރާއްޖެއަށް އެތެރެކޮށް ވިއްކާ،"Hitachi Vacuum cleaner PV-xl2K"ހިޓާޗީގެ މި ވެކިއުމްކްލީނަރގެ އިތުރުން ރާއްޖޭގެ މާހައުލާ ގުޅޭފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ދޮންނަމެޝިން، މައިކްރޯވޭވް އަވަން، އައިސްއަލަމާރިވެސް ލިބެން ހުންނާނެއެވެ. މިއީ ޒަމާނާ ގުޅޭފަދަ ފަސޭހަ ގޮތަކަށް އުފައްދާފައިވާ ތަކެއްޗެވެ.

ދުނިޔޭގެ އެތައް ގިނަ ބައެއްގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ހިޓާޗީ ހޯމްއެޕްލަޔަންސްގެ މިއުފެއްދުންތައް ރާއްޖެ އެތެރެކޮޮށް ބާޒާރަށް ނެރެ ވިއްކަނީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯ އިންނެވެ. އަދި އެސްޓީއޯއަކީ ދިވެހިންގެ އިތުބާރާއި ޔަގީންކަން އެންމެ ފުރިހަމައަށް ހޯދާފައިވާ އަދި ހޯދަމުންއަންނަ ކުންފުންޏެކެވެ.