ބ.ކެޔޮދޫގައި ވެލާ ހިފައިގެން އެފަޅައިގެން ކެއްކުމުގައި ހަރަކާތްތެރިވީ ހުރިހާ އެންމެން 198،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

ފެބްރުއަރީ މަހުގައި ބ.އަތޮޅު ފަޅު ރަށެއްގައި އެއަތޮޅު ކެޔޮދޫ ބަޔެއް ވެލާ ފަޅަން ތިއްބާ ހައްޔަރު ކުރިއިރު، އެމީހުން އެހާ ބޮޑު އަގަކުން ޖޫރިމަނާ ކުރީ ބަލަންޖެހޭ ގާނުނީ ހުރިހާ މާއްދާތަކަށް ބެލުމަށްފަހު ކަމަށް އީޕީއޭގެ ޑިރެކްޓާ ޖެނެރަން އިބްރާހީމް ނައީމް ވިދާޅުވިއެވެ.

މީގެ އިތުރުން ވިދާޅުވީ އެމީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކަމަށާއި، 30 ދުވަސް ތެރޭގައި އެ ލާރި ދައްކާ ނިންމަން ޖެހޭނެ ކަމަށެވެ.

ގާނޫނުގައި ވާގޮތުން ވެލާ ކަހަނބަކަށް ގޯނާއެއް ކުރުމުގައި ގެއްލުން ދިނީ އެކައްޗަށް ނަމަ 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގޯނާ ކުރީ އެކައްޗަށް ވުރެ ގިނަ ވެލާ ކަހަނބަށް ނަމަ އިތުރުވާ ކޮންމެ އެއްޗަކަށް 25،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.