ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫއުތައް ހިންގާ ކުންފުނިގޮތުގައި ފެނަކައިގެ ނަން ދަނީ ދުވަހަކަށް ވުރެ ދުވަހެއް ވިދަމުންނެވެ.

ފެނަކައިން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމަށް ހަތަރު އަހަރުވީ ދުވަހު ރައްޔިތުންނަށް ވަރަށް ބޮޑު ހަދިޔާއެއް ދީފައެވެ. އެއީ ކަރަންޓް ހިދުމަތައް އިންގިލާބެއް ގެނެސްދިން، އެންމެ ފަހުގެ ޒަމާނީ މީޓަރ ޓެސްޓު ބެންޗެވެ.

މީޓަރ ޓެސްޓްކުރުމަށް ރިކުއެސްޓް ލިބޭތާ ތިނެއް ނުވަތަ ހައެއްކަ ގަޑިއިރުގެ ތެރޭގައި މީޓަރ ޓެސްޓުކޮށްދޭނެއެވެ. މިއީ ރައްޔިތުން އުފުލަމުން ދިޔަ ތަކުލީފުތަކަށް ނިމުން ގެނުވި ހިދުމަތެއްކަން ޔަގީނެވެ.

ފެނަކައިން ގަޑިއިރަކު 75 ކަރަންޓު މީޓަރު ޓެސްޓުކުރެވޭ ގޮޔަށް ހަދާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހުގައެވެ. މި ހިދުމަތް ތައާރަފްކޮށްފައިވަނީ މާލެއަށެވެ. އަދި އަތޮޅުތަކަށްވެސް ހިދުމަތް ދޭނެ ކަމަށް ފެނަކައިން ބުންޏެވެ. އެއީ އައްޑޫ، ހއ.އަތޮޅުގެ ރަށްތައް އަދި ހދ.އަތޮޅުތަކުގެ ރަށްތަކެވެ. ފެނަކައިން ބުނީ އޭޕްރީލް 2024 އާ ހަމައަށް ހުރިހާ ރަށެއްގައިވެސް މީޓަރުތައް ހަރުކުރެވިގެންދާނެކަމަށެވެ. މިހާރު މަސައްކަތް ކުރިޔަށް ދާ އަތޮޅުތަކަކީ ދ.އަތޮޅާއި ފ.އަތޮޅު އަދި ފުވައްމުލަކުގައެވެ.

މި ހިދުމަތް ފެނަކައިން ދެނީ 250 ރުފިޔާއާއި 500 ރުފިޔާގެ އަގެއްގައެވެ

ހިދުމަތްދޭ އަގުތަކަކީ އަލަށް މީޓަރު ޓެސްޓު ކުރުމަށް އަގު ނަގާނީ 200ރުފިޔާއާއި 250 ރުފިޔާ އާ ދެމެދުންނެވެ. އަދި ސީޓީ މީޓަރު ޓެސްޓު ކުރުމުގެ އަގު 500 ރުފިޔާއަށް އަދި ބޭނުން ކޮށްފައިވާ މީޓަރު ޓެސްޓުކުރުމުގެ އަގަކީ 150ރުފިޔާ އާއި 200ރުފިޔާ އާ ދެމެދުއެވެ. މި ބެންޗުން އެއްފަހަރާ ބާރަ މީޓަރު ޓެސްޓް ކުރެވޭނެއެވެ. ބައިނަލް އަގުވާމީ މިންގަނޑުތަކަށް ފެތޭ މީޓަރ ޓެސްޓް ބެންޗު އޮޕަރޭޓު ކުރާނީ އެކުންފުނީގެ ޓެކްނީޝަނުންނެވެ.