މިއަދު ހުޅުމާލެއާއި އަދި މާލެއިން ކަރަންޓުގެހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެެއް ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ،

އެކުންފުނިން ވިދާޅުވީ މާލެއިން މިއަދު މެންދުރުފަހު 14:00 އިން 16:00 އަށް ކަރަންޓް ކެނޑިދާނެ ސަރަޙައްދު ތަކަކީ މާފަންނުގެ އަމީނީ މަގާއި، ކަނބާ އައިސަ ރަނި ހިނގުން، ބުރުޒު މަގު އަދި ޝަހީދު އަލީ ހިނގުމުންނެވެ.

މީގެއިތުރުން ހުޅުމާލެއިން މިއަދު މިއަދު ހެނދުނު 10:00 އިން 12:00 އަށް އެމްޕީއެލް ހިމެނޭ ސަރަހައްދުގެ މިދިލިމަގާއި، ފިތުރޯނު މަގު އަދި އަސްރުމާ ހިނގުމުން ކަރަންޓުގެ ކެނޑުމުގެ އިތުރުން މިއަދު މެންދުރު ފަހު 14:00 އިން 16:00 އަށް އެމްޕީއެލް ހިމެނޭ ސަރަހައްދުގެ ފިތުރޯނު މަގުންވެސް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.

އަދި އެ ސަރަހައްދުތަކުން ކަރަންޓް މެނދުކަނޑާލަން ޖެހެނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތައް ކުރުމަށްވެސް ވިދާޅުވިއެވެ. އެ މަސައްކަތްތައް ކުރަމުންދާއިރު ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާ ދަތިތަކަށް އެކުންފުނިން ވަނީ މަޢާފަށް އެދިވަޑައިގަންފައެވެ.

ސްޓެލްކޯއަކީ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދިނުމުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ޚިދުމަަތްތެރި ކުންފުންޏެވެ.