ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ނައިޓް މާކެޓް މާދަމާ ފަށަނީ

1
ނައިޓް މާކެޓްތަކުން ގިނަ ބަޔަކު އަބަދުވެސް ވިޔަފާރިކުރޭ

މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޑޯ ނައިޓް މާރކެޓް، “ލިކަމެކް” ނައިޓް މާކެޓު މާދަމާ ހަވީރު ފަށާނެއެވެ.

މިމަހުގެ 17 ވަނަ ދުވަހުން 26 ވަނަ ދުވަހަށް ދަރުބާރުގޭގައި ކުރިއަށްދާ މި ނައިޓް މާކެޓަކީ ކުރިޔަށް އޮތް ރޯދަ މަހާއި ދިމާކޮށް ރާއްޖޭގެ ރައްޔިތުންނަށް އެއްތާކުން ވިޔަފާރިކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ ހަރަކާތެއްކަމަށް ނައިޓް މަރކެޓް އިންތިޒާމްކުރާ ލިކަމެކް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ. އަދި ނައިޓް މާކެޓް ބޭއްވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާކަމަށާއި، ނައިޓް މާކެޓްގެ ސްޓޯލްތައް ދަރުބާރުގޭގެ ހުރިހާ ހޯލެއްގައާއި ދަރުބާރުގޭގެ ބޭރުވެސް ހިމެނޭ ގޮތަށް 230 ސްޓޯލް ހުންނާނެ ކަމަށް ލިކަމެކުން ބުނެއެވެ.

މާދަމާ ހަވީރު 4 ޖަހާއިރު ލިކަމެކް ނައިޓް މާކެޓު ހުޅުވުމަށް ހަމަޖެހިފައިވާއިރު 18 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހާ ހަމައަށް ކޮންމެދުވަހަކު މެންދުރު ދޭކުން އިރުއޮއްސި ހަޔަކަށް އަދި ރޭގަނޑު އަށަކުންް ރޭގަނޑު އެގާރައަށް ނައިޓް މާކެޓް ކުރިއަށްދާނެއެވެ. އަދި ނައިޓް މާކެޓް އޮންނަ އެންމެފަހު ދުވަސްކަމަށްވާ، 26 ވަނަ ދުވަހު މާކެޓް ކުރިއަށްދާނީ މެންދުރުފަހު ދޭކުން އިރުއޮއްސި ހަޔަކަށްކަމަށް ލިކަމެކްއިން ބުނެއެވެ.

Advertisement

ލިކަމެކްއިން ބުނީ ނައިޓް މާކެޓް ކުރިއަށްދާ ވަގުތު ދަ ކިޗަންގެ ފަރާތުން ކެންޓީނު ހިންގަމުންދާނެކަމަށެވެ.

Advertisements

1 COMMENT

Comments are closed.