އެމްއެންޑީއެފްގެ ތަމްރީނެއްގައި ސެލިއުޓިންގ ގަން ޓެސްޓު ކުރަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

މި ފަރިތަކުރުމުގެ ޓެސްޓްތައް ކުރިއަށް ދާނީ ޖުލައި 15 ވާ ހޮނިހިރު ދުވަހު މާލޭގެ އުސްފަސްގަނޑުގައެވެ.

އަދި އެ ސަރަހައްދުގައި މި ހަރަކާތްތައް ކުރިއަށް ގެންދާނެ ވަގުތުތަކަކީ އެ ދުވަހުގެ މެންދުރުފަހު 15:30 އިން ހަވީރު 17:30 އަށް ކަމަށްވެސް އެމްއެންޑީއެފް ވަނީ ވިދާޅުވިއެވެ.

އެމްއެންޑީއެފްްިން އާއްމުކޮށް ތަމްރީނުތަކެއް ކޮންމެ ތަނެއްގައި ހިންގުމުގެ ކުރިން އެކަން ދުރާލާ އަންގަވައެވެ.