އޮފީސްތަކުންދޭ ޚިދުމަތްތައް މިހާރަށްވުރެ ހަލުއި ވާންޖެހޭ.

6

ސަރުކާރުގެ އޮފީސްތަކަކީ، ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ރައްޔިތުންގެ ފައިސާ ޚަރަދުކޮށްގެން ރައްޔިތުންނަށްޓަކައި އުފައްދާފައިވާ ތަންތަނެވެ.

ޚިދުމަތް ދިނުމަށް ފަސޭހަ ކުރުމަށްޓަކައި، އެޚިދުމަތްތައް ބައިކޮށް ކޮންމެ ބަޔަކަށް އެޚިދުމަތަކާއި ގުޅޭ ގޮތުން ނަންދެވި، އުފައްދާފައިވާ ތަންތަނެވެ. މި ފަދަ ތަންތަނުގެ މައިގަނޑު މަޤުސަދަކީ ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަކޮށް އަވަހަށް ޚިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާކަންތައްތައް ކުރުމެވެ. އަދި ޚިދުމަތް ދިނުމަށް ބޭނުންވާ ޤާނުނާއި، ގަވާޢިދު އަދި އުސޫލުތައް ހަދާ ހުރިހާ އެންމެނަށް އެއް ހަމައެއްގައި ޚިދުމަތް ދިނުމަކީ އެތަންތަން ހިންގުމަށް މަތިކޮށްފައިވާ އެންމެހާ ފަރާތްތަކާއި، އެތަންތަނުގައި މަސައްކަތް ކުރާފަރާތްތަކުން ކުރަންޖެހޭނެކަމަކެވެ. އެޚިދުމަތް ދިނުމަށް ޙަވާލުކޮށްފައިވާ ފަރާތްތަކަށް ރައްޔިތުންގެ ފައިސާއިން ކަނޑައެޅިފައިވާ އުޖޫރައެއްވެސް ދަނީ ދެމުންނެވެ. މިއީ ރައްޔިތުންނަށްޓަކައި ސަރުކާރުތަކުން ކުރަމުން ގެންދާކަމެކެވެ.

މިކަން މިހެން އޮތް އިރު އެންމެ އެކަޝޭނަ ގޮތުގައި މި ޚިދުމަތް ރައްޔިތުންނަށް ލިބިދެވޭތޯ އަދު ވަނީ ސުވާލު ކުރަންޖެހިފައެވެ. ބައެއް އޮފީސްތަކުން ބައެއް ފަހަރު ވަރަށް ދަތި ތަކާއިކުރިމަތިލާންޖެހޭ ހިނދު، އެޚިދުމަތެއް ހޯދަން އެތަކެއް ތަކުލީފްތަކެއް އުފުލަން ޖެއެވެ. އަނެއްބައި ފަހަރު ޚިދުމަތް ލިބުމުގައި ލަސްވުމުގެ ސަބަބުން އެތަކެއް އުނދަގޫތައްވެސް ކުރިމަތި ވަމުންދާކަން ފާގަ ކުރެއެވެ. މިއީ ހަގީގަތް ކަމުގައިވާނަމަ މިކަމަށް އަވަސް ހަލެއްވަނީ ބޭނުން ވެފައެވެ.

Advertisements

ރައްޔިތުމީހާ ޚިދުމަތް ލިބިގަތުމަށް އޮފީސްތަކަށް ދިޔުމުން އެމީހުންނަށް ފަސޭހަ ކަމާއެކު އެ އޮންނަ ގަވާއިދާއި އުސޫލާ އެއްގޮތަށް އެކަމެއް ވީހާވެސް އަވަހަކަށް ކޮށްދޭން ޖެހެއެވެ. އެމީހުން ކަންކަމު ދިޔުމުން އެމީހުންނާއި، ރީތިކޮށް ވާހަކަ ދައްކަން ޖެއެވެ. މިއީ އެކަން ކުރަންޖެހޭނެގޮތެވެ.  ރައްޔިތު މީހާ ކަމާ ބެހޭ ފަރާތްތަކަށް ސިޓީ ފޮނުވުމުން އޭގެ ޖަވާބު ނުދީ އެތައް ދުވަހެއް ހޭދަވެގެން ދިޔުމާއި، އެކި މަސައްކަތްކޮށްފައި ފައިސާ ހޯދަން ފޮނުވާ ބިލްތަކަށް ފައިސާ ލިބުން ލަސްވުމާއި، މަޢުލޫމާތެއް އޮޅުން ފިލުވަން ދިޔުމުން އެކަމާ ބެހޭ އެންމެ އެކަޝޭނަ ޖަވާބެއް ނުލިބުމުގެ އިތުރުން ކަމާބެހޭ ފަރާތްތަކާއި ބައްދަލު ނުވުން ފަދަ އެތައް ކަމެއް ހިނގަމުންދާކަމީ ހިތާމަ ކުރަންޖެހޭކަމެކެވެ.

އޮފީސްތަކުން ދޭންޖެހޭ ޚިދުމަތް ދިނުމަށް ތަފާތު ނަންނަން ކިޔާފައި މީހުންތައް ލާފައިވާއިރު، އެމީހުންގެ ޒިންމާ ނުއުފުލާނަމަ އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީވެސް އޮންނަންޖެހޭނެކަމެކެވެ. އޮފީސް ހިންގުމަށް އިސްވެރިން ތިބި ކަމުގައިވިޔަސް، އިދާރީ ގޮތުން ހިންގަން ޕާމަނަންޓް ސެކްރެޓަރީ ނުވަތަ އެހެން ނަން ނަން ކިޔާފައި މީހުން ތިބެއެވެ. ކޮންމެ ނަމެއް ކީކަމުގައިވިޔަސް އެކަމެއްގެ މަސްޢޫލިއްޔަތު އުފުލަންޖެހޭ ފަރާތްތަކުން މަސްޢޫލިއްޔަތު ނޫފުލާނަމަ ނޭދެވޭ ކިތަންމެ ކަމެއް ހިނގައި ދިޔުމަކީ ނުވެ ނުދާނެކަމެކެވެ.

ކަން ކަން ރަނގަޅު ކުރުމަށް ބޭނުންވާނަމަ އެކަމަށް، އެ މަސްޢޫލިއްޔަތާއި އެކަޝިގެންވާ ހުނަރާއި، ތަޖުރިބާ ހުރި ފަރާތްތައް އެކަމެއް ކުރުމަށް ޙަވާލުކުރުމަކީ މުހިއްމުކަމެކެވެ. ނަމަވެސް ތިމާ ހިތްރުހޭ ކޮންމެ މީހަކަށް އާއެކޭ ބުނާ އުސޫލުން އޮފީހުގެ މަސައްކަތާއި ޒިންމާތައް ޙަވާލުކުރާނަމަ ދުވަހަކުވެސް އަޅުގަނޑުމެން ބޭނުންވެގެން މިއުޅޭ ހެޔޮ ބަދަލު ދުވަހަކުވެސް ނުގެނެވޭނެއެވެ.

ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން މަސްޢޫލިއްޔަތު އަދާކުރަން ޙަވާލުކޮށްފައިވާ ފަރާތްތަކުން އެކަން ނުކުރެވޭނަމަ އެކަން އިސްލާހުކޮށް އެކަން ކުރެވޭނެ ރަނގަޅު ގޮތްތަކެއް ހޯދައި ދޭންޖެހެވެ. ޚިދުމަތް ދިނުމުގައި ބަރުހެލިވެފައިވާ އޮފީސްތަކުން ޚިދުމަތް ދިނުމުގައި މުރާލިވެ މިހާރަށްވުރެ ފަސޭހައިން އެކަން ކުރެވޭނެ ރަނގަޅު ގޮތްތަކެއް ހޯދައި ރައްޔިތުންނަށް އެޚިދުމަތް ދިނުމުގައި ހަލުއިވާން ޖެހެއެވެ.

Advertisements
އަހުމަދު އަކީ، ލިޔުންތެރިމަށް ޝަޢުގުވެރިކަން ހުންނަ އަދި ލިޔުންތެރިކަމުގައި ކުރިއަށް ދާން މަސައްކަތް ކުރާ ފަރާތެކެވެ.

6 COMMENTS

  1. ތިއީ ދައްކަންޖެހޭ ވާހަކައެއްނޫން. ތިކަމެއް ދުވަހަކުވެސް ރަނގަޅު ނުކުރެވޭނެ. ޖެހޭނީ ރޮއި އާދޭސް ކުރަން މިނޫން ގޮތެއް ނެތް

  2. ރަނގަޅުވާހަކައެއް. ވަރަށް ރަނގަޅު ތަންތަން އެބަހުރި. ހެލްތު މިނިސްޓްރީ ކަހަލަ

  3. ތަޖުރިބާ ހުރި ރަނގަޅު މީހުންބާކީ ކުރީމަ ވާނީ ތިހެން އަދިވެސް ވާނީ ފެއިލް

  4. އޮފީސްތައް އެކަނި ލިޔުނީ ކީއްވެ ހުރިހާ ތަނެއްވެސް ތިހެން

Comments are closed.