ކ. ހިންމަފުށީގައި ހެޕީ މާކެޓްގެ ފިހާރައެއް ހުޅުވައިފި

0
ހެޕީމާކެޓްގެ ފިހާރަތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވުމަކީ އެކުންފުނީގެ އަމާޒެއް

ގިނަ ބާވަތްތަކެއްގެ ކާބޯތަކެތި ވިއްކާ ހެޕީީ މާކެޓުން އަތޮޅު ތެރޭގެ ރަށެއްގައި ހުޅުވި ފުރަތަމަ ފިހާރަ ކ. ހިންމަފުށީގައި ހުޅުވައިިފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އިމްޕޯޓްކޮށް ވިއްކާ ‘ހެޕީ މާކެޓުން އެ ކުންފުނީގެ ހަތްވަނަ އައުޓްލެޓެއް މިވަނީ ހުޅުވާފައެވެ.

ކ. ހިންމަފުށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ފިހާރަ ހުޅުއްވައި ދެއްވީ އެ ރަށު ކައުންސިލްގެ ޒިންމާދާރުވެރިޔާ ހުސެއިން އަބްދުރަހުމާނެވެ. މި ރަސްމިއްޔާތުގައި ހެޕީމާކެޓުގެ ޖެނެރަލް މެނޭޖަރު، ކެޕްޓަން އަލީ އިހުސާން ބައިވެރިވެ ވަޑައިގެންނެވި އެވެ.

Advertisements

އެ ކުންފުނިން ބުނީ ހިންމަފުށީގައި ހުޅުވި “ހެޕީ މާކެޓު 7” ފިހާރައިން އެ ކުންފުނިން ރާއްޖެ އެތެރެކޮށް ވިއްކާ ހުރިހާ މުދަލެއް މާލެއެކޭ އެއް އަގެއްގައި ލިބެންހުންނާނެކަމަށެވެ.

ހިންމަފުއްޓަކީ ހެޕީމާކެޓުން ވިއްކާ “ލައިފް” ފެން ބަންދު ކުރާ ކާރުހާނާ ވެސް ހުންނަ ރަށެވެ.

ހެޕީމާކެޓުން ބުނީ މި ފިހާރަ ހުޅުވުމުގެ މަގުސަދަކީ ހިންމަފުށީ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމުގެ އަގު ވަޒަން ކުރުން ކަމަށެވެ. މި ފިހާރަ ހުޅުވުމާއެކު އެ ކުންފުނިން ވިއްކާ މުދާ ތާޒާކަމާއެކު ފަސޭހައިން މި ފިހާރަ އިން ލިބެން ހުންނާނެ ކަމަށާ، ހާއްސަކޮށް ފިނި ކުރި މުދާ ތާޒާކަން މަތީ ލިބިގެންދާނެ ކަމަށެވެ.

ހިންމަފުށީގައި ހެޕީމާކެޓުން ހުޅުވި އާ ފިހާރައާއެކު ވަޒީފާގެ ފުރުސަތު ތަކެއް ވެސް އެ ރަށުގައި އުފެދިގެންދާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ހެޕީމާކެޓަކީ ކާބޯތަކެތީގެ ތެރެއިން ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ޕްރޮޑަކްޓް ރާއްޖެ ގެނެސް ވިއްކާ ކުންފުންޏެކެވެ. އެ ކުންފުނިން ވިއްކާ ތަކެއްޗަކީ ދިވެހިންގެ މެދުގައި އަދި ރިސޯޓް މާކެޓްގައިވެސް މަގުބޫލު ބްރޭންޑު ތަކެކެވެ.

Advertisements