އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޝިވާޖީ ރާއޯ ގައިކްވާޑް، މަޝްހޫރުނަމުންނަމަ ރަޖްނީކާންތު ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.

އުމުރުން 72 އަހަރުގެ ރަޖުނީކާންތު ރާއްޖެ އައީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ސްރީ ލަންކަން އެއާލައިންސްގެ ބޯޓެއްގައެވެ. އެއާލައިންގެ ސޯޝަލް މީޑިއާގައި ވެސް ރަޖްނީކާންތު ވަނީ ފޮޓޯތަކެއް ހިއްސާކޮށްފައެވެ.

ރަޖުނީކާންތު ރާއްޖެއަށް މިއައީ އޭނަގެ އާ ފިލްމު "ޖެއިލާ"ގެ ޕްރޮމޯޯޝަންތައް ކުރިއަށްދަނިކޮށެވެ. އަންނަ މަހުގެ 10 ގައި ރިލީޒްކުރަން "ޖެއިލާ"ގެ ކާސްޓްގައި ޖެކީ ޝްރޮފާއި ތަމަންނާ ބާޓިއާ އާއި ރާމިއާ ކްރިޝްނަން އަދީ މޯހަންލާލު ފަދަ މަޝްހޫރު ތަރިން ހިމެނެ އެވެ.

ރަޖުނީކާންތަކީ އިންޑިޔާގައި ދެކުނުގެ އެންމެ ވަރުގަދަ ގަދަފަދަ ބަތަލޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އަދިވެސް ރަޖުނީކާންތަށް އޮތް ސަޕޯޓާއި ލޯތްބާއި ތަރުހީބު ލިބެއެވެ. މި ފިލްމީތަރީގެ ހާއްސަ ޑައިލޮގްތަކާއި ބައެއްކަހަލަ އެކްޓިންގ ތަންތަންކޮޅު ޒުވާނުންގެ މެދުގައި ވަރަށް ވެސް މަޝްހޫރެވެ. އުމުރުން ދުވަސްވެފައި ހުއޓެސްއްކަމަކު ރަޖުނީކާންތަކީ އަދިވެސް ހަމަ އެތައް ޑައިރެކްޓަރުންގެ ޔަގީން ހޮވުމެެކެވެ.

ރަޖުނީކާންތާއެކު ފިލްމެއްގެ އެއްމަންޒަރު ވިޔަސް އެކްޓުކޮށްލަން ޒުވާންރީތި އަންހެންކުދިން މަރުދެއެވެ. އެހެންކަމުން މިފަހަރު "ޖެއިލާ"ގައިވެސް ޒުވާން ބަތަލާއިންނާ އެކީ ފިލްމު ކުޅެމުން އަންނަ އެކްޓަރެކެވެ. ރަޖްނީކާންތުގެ ފިލްމު "ޖެއިލާ" ގައި ހިމެނޭ ބަތަލާ ތަމަންނާ ބާޓިއާގެ ލަވަ "ކާވާލާ" އަކީ މި ދުވަސްކޮޅު ވަރަށް ބޮޑަށް ޓްރެންޑްވެފައިވާ ލަވައެކެވެ.