މީމު މިފްކޯ މަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިއްޖެކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން އިތުރަށް ވިދާޅުވީ މި މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތާއި ބޮލާރޑް އާއި ވީ- ފެންޑަރ ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށާއި އަދި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތް ތަކުގެ 91 ޕަސެންޓްވެސް ވަނީ ނިމިފައިކަމަށެވެ.

މި މަޝްރޫޢުގެ ދަށުން: 22,240 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި 8640 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން ހިމެނެއެވެ.

މީގެއިތުރުން 68.90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 640 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، ބޮލާރޑް އާއި ވީ- ފެންޑަރ ހަރުކުރުމާއި، ޑްރެއިނޭޖް ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ސަރުކާރުން ހިންގާ މި މަޝްރޫޢަކީ 52.95 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.