އެމްޑީޕީ ރޫޅާލާނޭ ކަމުގެ އިންޒާރު އެޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްވިޔަސް ޕާޓީ ރޫޅާލަން އެމަނިކުފާނަށް އިތުރަށް ކުރެއްވޭނޭ ކަމެއްނެތް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ދަޑިމޮކްރެޓްސް އިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްވަކަމުން ރައީސް ނަޝީދު ވަނީ އެމްޑީޕީ ރޫޅާލާނޭ ކަމުގެ އިންޒާރު ދެއްވައިފައެވެ. އެޕާޓީ މިހާރު ވެސް އަންނަނީ ރޫޅެމުން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ޝަރީފް ވިދާޅުވެފައިވަނީ ފާއިތުވި ހަތަރު އަހަރު ރައީސް ނަޝީދު ގެންދެވީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކޮށް އެމްޑީޕީ ރޫޅާލުމަށް މަސައްކަތް ކުރައްވަމުން ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލިސްގެ ރައީސްކަން ގެއްލޭ ހިސާބަށް ގޮސްފައިވަނިކޮށް އެމްޑީޕީ ރޫޅާލަން އެމަނިކުފާނަށް ކުރެވޭނޭ ކަމެއްނެތް ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އެޕާޓީތެރޭގައި ޚިޔާލު ތަފާތުވުން އުފެދި އެންމެފަހުން ރައީސް ނަޝީދު ވަނީ އެޕާޓީން ވަކިވެ ވަޑައިގެން ދަ ޑިމޮކްރެޓްސް އުފައްދަވައިފައެވެ.