ދިވެހިންގެ އެންމެ މަގުބޫލުކަން ހޯދާފައިވާ އަދި އިތުބާރާއި ޔަގީންކަންވެސް ލިބިފައިވާ "ސުޕަރޝެފް" ބްރޭންޑްގެ އެކިކަހަލަ ބަދަނާއި ހިކިމޭބިސްކަދުރު އަދި ވިނެގަރ އާއި މިނޫނަސް އެހެނިހެން ތަކެތި އެންމެ ފަސޭހައިން ލިބެން ހުރި ތަނަކީ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސްޓީއޯގެ އީ-ސްޓޯރެވެ. އެސްޓީއޯގެ ފިހާރައަަށް ގޮސް ގަންނާނެ ވަގުތު ނޫނީ ހާލަތު ނިޔާކުރާގޮތުން ވިޔަސް ދެވެން ނެތްނަމަ ކަންބޮޑުވާނެ ކަމެއް ނެތެވެ. އަވަހަށް ހިދުމަތް ފޯރުކޮށްދޭން ތައްޔާރުވެފައިވާ އެސްޓީއޯގެ އީ-ސްޓޯރަށް، އޮންލައިންކޮށް ފަސޭހަކަމާއެކު އޯޑަރު ދޭންވީއެވެ.

އެސްޓީއޯއަކީ ދިވެހިންގެ އެންމެ ބޮޑު އިތުބާރު ހޯދާފައިވާ ކަސްޓަމަރުން ބޭނުންވާ މުދާ ފަސޭހައިން ލިބެން ހުރި ތަނެވެ، އީސްޓޯރުގެ މި އޮންލައިން ހިދުމަތް ތައާރަފް ކުރި ފަހުން ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ގޭގައި ތިބެގެން ބޭނުންވާ ސާމާނު ގެއާ ހަމައަށް ގެނެވޭނެ މަގުފަހިވެފައި އޮތުމުން ލިބޭ ހިތްހަމަޖެހުމެވެ.

މި ބްރޭންޑްގެ ޕާސްތާ، ޕެނޭ ވެސް އެސްޓީއޯ އީސްޓޯރުން ލިބޭނެއެސްޓީއޯއިން އެތެރެކޮށް ވިއްކާ 'ސުޕަރޝެފް' ބްރޭންޑްގެ މުގު މަތިން ހަނދާން ނައްތާލައިގެން ނުވާނެއެވެ. ރީނދޫ މުގުގެ އެއްކިލޯގެ ޕެކެޓް ލިބެނީ ހެޔޮއަގެއްގައެވެ. އަދި މިއީ ދިވެހިންގެ ބަދިގެތަކަށް ހުކުރުދުވަހު އެންމެ މުހިންމުވާ އެއް ބާވަތްކަން ޔަގީނެވެ. މުގުރިހައާ ނުލައި ކުކުޅުގެ ރަހަ ހެޔޮވަރުނުވާ ކިތަންމެ ދިވެހިންނަކަށް އެސްޓީއޯގެ މިބްރޭންޑަކީ ހަމަ އެންމެ ކަމުދާ އެވެ.

މި ބްރޭންޑްގެ ޕާސްތާ، ޕެނޭ ވެސް އެސްޓީއޯ އީސްޓޯރުން ލިބޭނެ

'ސުޕަރޝެފް' ބްރޭންޑްގެ ހިކިމޭބިސްކަދުރާއި ބްލެންޗްޑް ސްކިންލެސް 1 ކިލޯ ބަދަން ވެސް އެސްޓީއޯއިން ލިބެން ހުންނާނެއެވެ. މިއީވެސް ދިވެހިންގެ ބަދިގެ ތަކަށް ހާއްސަ ދުވަސްތަކުގައިވެސް އަދި އާންމު ދުވަސްތަކުގައިވެސް ބޭނުންތެރި މުހިންމު އެއްޗެކެވެ.

މީގެ އިތުރުން އަންކަރާ ބްރޭންޑްގެ ޕާސްތާ، ޕެނޭ، އަލްމަރާރީ ބްރޭންޑްގެ ގިތެޔޮ ފަދަ ދުނިޔޭގެ އިތުބާރު ހޯދާފައިވާ ރަހަމީރު ބާވަތްތައްވެސް އެސްޓީއޯގެ އީސްޓޯރުން ލިބެން ހުންނާނެއެވެ. ބޭނުންވާ ސާމާނު އެއްތަނަކުން، އެއްވަގުތަކު ލިބެން ހުރުމަކީ ކިތަންމެހާވެސް ބޮޑު ފަސޭހައެކެވެ. އަދި ވަގުތުވެސް ސަލާމަތްކުރެވޭނޭ ކަމެއްމެއެވެ.

ނަންހުސްކޮށް އެތައް ވައްތަރެއްގެ އެތައް ސާމާނެއް އެއްތަނަކުން ފަސޭހަކަމާއެކު ހެޔޮ އަގުގައި، އޮންލައިންކޮށް އޯޑަރުކޮށްގެން ގެއަށް ގެނައުމަށް އެސްޓީއޯ އީސްޓޯރ ވަރެއް ހަމަ ނެތްކަން ޔަގީނެވެ.