މޮސްކޯ، ޖުލައި 17، /ޓާސް/: ޔޫކްރައިން ސިފައިން ރަޝިޔާއާ ދެކޮޅަށް ފަށާފައިވާ ކައުންޓަރ އޮފެންސިވްގައި ޔޫކްރޭނަށް ކާމިޔާބު ލިބެމުން ނުދާ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.

ޕޫޓިން މިހެން ވިދާޅުވީ ރަޝިޔާގެ ދައުލަތުގެ މީޑިޔާއިން ކުރިއަށް ގެންދާ "ރަޝިޔާ - ކްރެމްލިން - ޕޫޓިން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ރަޝިޔާގެ ދިފާޢީ ނިޒާމު ފޫއަޅުވާލަން ދުޝްމަނުން ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބު ކޮށްލެވިފައި. އެއީ ސްޓްރެޓެޖިކް ރިޒާވްތައް ބޭނުންކުރުން ހިމެނޭ މަސައްކަތެއް. ކައުންޓަރ އޮފެންސިވްގައި ދުޝްމިނުންނަށް (ޔޫކްރައިނަށް) ކާމިޔާބު ލިބެމަކުން ނުދޭ" ރައީސް ޕޫޓިން ވިދާޅުވިއެވެ.

ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރެއިނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި މިވަގުތު ރަޝިޔާ ސިފައިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން މިޕްރޮގްރާމުގައި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަން ޕޫޓީން ދެކޮޅު ހެއްދެވިއެވެ.

"ސިފައިން (ރަޝިޔާ ސިފައިން) މިވަގުތު ކުރަމުން އަންނަ މަސައްކަތްތަކުގެ ވާހަކަ އަޅުގަނޑު ދަންނަވާނަން ކެމެރާތައް ނިއްވާލީމަ" ޕްރެޒެންޓަރަށް އިޝާރާތްކޮށް ޕޫޓިން ވިދާޅުވިއެވެ.

ރަޝިޔާ - ޔޫކްރައިން ހަނގުރާމައަށް 500 އަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ހަނގުރާމައިގައި ރަޝިޔާއިން އަދި ޔޫކްރައިނުންވެސް ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ކުރެވެމަކުން ނުދެއެވެ.