1444 ވަނަ އަހަރުގެ މުދަލު ޒަކާތް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ވިދާޅުވިގޮތުގައި މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޖަމާކޮށްފައިވަނީ 26,799,500 (ސައްބީސް މިލިއަން ހަތްދިހަނުވަ ލައްކަ ނުވަހާސް ފައްސަތޭކަ) ރުފިޔާއެވެ

އަދި މި ފައިސާ ފަޤީރުންގެ ލިސްޓްގައި މިއަހަރު ހިމެނޭ 7657 (ހަތްހާސް ހަސަތޭކަ ފަންސާސް ހަތެއް) މީހުންނަށް، ބޮލަކަށް3500 (ތިންހާސް ފައްސަތޭކަ) ރުފިޔާގެ ރޭޓުން ވަނީ މިމަހުގެ 18ގައި، އެފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައި ކަމުގައިވެސް މިނިސްޓްރީއިން ވިދާޅުވިއެވެ.