ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ހއ. ވަށަފަރު ޞިއްޙީ މަރުކަޒަށް އިތުރުކުރި ޢިމާރާތާއި، ހއ. ދިއްދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް މި ދެތަން ހުޅުއްވައިދެއްވައިފައި ވަނީ މިއަދު އެމަނިކުފާނު އެ ދެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.

ހއ. ވަށަފަރު ޞިއްޙީ މަރުކަޒަށް އިތުރުކުރި ޢިމާރާތުގެ މަސައްކަތް ކޮށްފައި ވަނީ ޕާރފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި ޢިމާރާތުގައި ޕަބްލިކް ހެލްތު ޔުނިޓަކާއި، އިދާރީ އޮފީސް އަދި ސްޓޯރޭޖު ރޫމްތަކާއި، ލޯންޑްރީ ހިމެނެއެވެ.

މިއަދު އެމަނިކުފާނު ހުޅުއްވައިދެއްވި ހއ. ދިއްދޫ ފުޓުބޯޅަ ދަނޑަކީ ޓާފް އަޅައިގެން ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ތަފާތުކުރުމެއް ނެތި، ރާއްޖޭގެ ރަށްރަށުގައި ސަރުކާރުން ދަނީ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެ