މޯލްޑިވްސް ޕޯސްޓުނޕޯސްޓަލް ބޭންކިންގެ ހިދުމަތް ފެށުމަށް އެ ހިދުމަތް ފޯރުކޮށޤދިނުމުގައި ރާއްޖޭގައި ހުރި ފުރުސަތުތައް ދެނެގަތުމަށް ކޮންސަލްޓެންސީ ހޯދަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޕޯސްޓުން ބުނީ އެ ކުންފުނިންދޭ ފައިނޭންޝަލް ހިދުމަތްތައް ފުޅާކޮށް، ޕޯސްޓަލް ބެންކިންގެ ހިދުމަތް ފެށުމަށާއި އެކަމަށް ހުރި ފުރުސަތުތައް ދިރާސާކުރުމަށް ފާތިމަތު ޝަފީގާ އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

ޕޯސްޓަލް ބޭންކިން އަދި ތަފާތު ފައިނޭންޝަލް ހިދުމަތްތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޕޯސްޓް މެދުވެރިކޮށް، ހާއްސަކޮށް ރަށްފުށުގެ އާބާދީތަކަށް ފޯރުކޮށްދޭ ހިދުމަތެއް ކަމަށާއި، މި ކޮންސަލްޓެންސީގެ ބޭނުމަކީ ރާއްޖޭގައިވެސް ޕޯސްޓަލް ބޭންކިންގެ ހިދުމަތް ތައާރަފް ކުރުމުގައި ހުރި ފުރުސަތުތައް ބަލާ އެއަށް ބޭނުންވާ ކަންކަން ރާވާ ވިލަރެސް ކުރުން ކަމަށް ޕޯސްޓުން ބުންޏެވެ.

މީގެ އިތުރުން، އެއްތަނަކުން ތަފާތު ހިދުމަތްތައް ދޭ "ވަން ސްޓޮޕް ސާވިސް ސެންޓަރެއް" ގެ ގޮތުގައި ޕޯސްޓު ތަރައްގީ ކުރުމަކީ މޯލްޑިވްސް ޕޯސްޓުގެ ސްޓްރެޓެޖިކް އަމާޒެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވްސް ޕޯސްޓް އިން ފޯރުކޮށްދޭ މައިގަޑު ހިދުމަތްތައް:

1 – އިންޓާރނެޝަނަލް އަދި ޑޮމެސްޓިކް މެއިލްގެ ޚިދުމަތްތައް2 – މެއިލް ޑެލިވަރީ ހިދުމަތް2 – ފައިނޭންޝަލް ސާވިސަސް3 – އީ-ކޮމާސް4 – އެޖެންސީ ސާވިސަސް