ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރައްވަން ނިންމަވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.

ވ. އާރަށު މައްސަލައިގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާ އެގާރަ އަހަރުގެ ޖަލު ހުކުމް އެމަނިުކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނިކޮށް މައްސަލަ ބައްލަަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމުން އިސްތިއުނާފީ އަޑުއެހުންތައް ވަނީ ކުރިއަށް ނުގެންދެވި މަޑުޖެހިފައެވެ.

މިއަދުން ފެށިގެން އޮގަސްޓް މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ހުޅުވާލެވިމިއަދުން ފެށިގެން އަންނަ އޯގަސްޓް މަހުގެ ހަތްވަނަ ދުވަހަށް ހަމަވާއިރު، އިސްތިއުނާފީ އަޑުއެހުންތައް ކުރިއަށް ނުގެންދެވި މަޑުޖެހިފައި އޮތުމުން އިންތިހާބުގައި ޔާމީނަށް ކުރިމަތިލެވޭނޭ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ސަބަބަކީ ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނީ ހައިކޯޓުގައި މިހާރު ކުރިއަށްދާ އިސްތިއުނާފީ މައްސަލަ އެ މަނިކުފާނާ އެއްކޮޅަށް ނިމިގެންކަމަށްވާތީއެވެ.

އެންމެ ފަހުން ރޭގައި ރައީސް ޔާމީންގެ އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށް ބުނެ، ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މިމައްސަލަ ކޯޓުން ބަލައިނުގަތުމަށް ނިންމި ނިންމުމުގައި، އެ ކޯޓުގެ ރަޖިސްޓްރާ ވިދާޅުވެފައިވަނީ، އެ މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައެއް ނޫން ކަމަށްވުމުން އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

ރަޖިސްޓްރާގެ މިނިންމެވުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކޮށްގެން، ސުޕްރީމް ކޯޓުގައި އެ މައްސަލަ ކުރިއަށް ގެންދިއުމުގެ އެއް ފުރުސަތު ރައީސް ޔާމީނަށް ދެންވެސް އޮންނާނެއެވެ.