ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސްޓީއޯގެ އީސްޓޯރުން ލިބެން ހުރި ތަފާތު އެކި ބްރޭންޑްތަކުގެ ޒަމާންވީ މާޒީއަށް ބަލާލިއަސް ފެންނަނީ ދުރުދުރަށް ގޮސް ކޮޅުނުފެންނަ ހިސާބާ ހަމައަށްވެސް މިބާވަތްތަކުގެ ޔަގީންކަމާއި އިތުބާރު ދެމިގެންގޮސް މަޝްހޫރުވެފައިވާ ތަނެވެ. މިއަދު ދިވެހިންނަށް އެއްވެސް ދައްޗަކާނުލައި ނުހަނު ފަސޭހަކަމާއެކު ކެއްކުމަށް ބޭނުންވާ މިތަކެތި ލިބެން އެބަހުއްޓެވެ. މާކުރިން ބާޒާރަށް ނުކުމެ ތަކެތި ގަތުމަށް ވަގުތުތަކެއް ހޭދަކުރާކަށް ނުޖެހޭނެއެވެ.

ގޭގައި ތިބެގެން އޮންލައިންވެލުމަށްފަހު ބޭނުންވާ އެއްޗެއްސަށް އޯޑަރު ދިނުމަށްފަހު މާގިނަ އިރުތަކެއް ނުވެ ތަކެތި ލިބޭނެއެވެ. ޒަމާނަށް އައި ބަދަލުތަކާއެކު މިފަދަ ހުރިހާ ފަސޭހައެއްވެސް އަދު ދިވެހިންނަށް މިވަނީ އަތްފޯރާ ހިސާބާ ގާތުން ލިބެން އެބަހުރިކަން ޔަގީނެވެ. އަދި މިފަދަ ފަސޭހަތައް ދިވެހިންނާ ހަމައަށް ގެނައުމުގައި އެންމެ ޒިންމާދާރުކަމާއެކު މަސައްކަތް ކުރާ އެއްފަރާތަކީ އެސްޓީއޯކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

ދިވެހިންގެ ތެރޭގައި ބީފްގެ ތަފާތު ޑިޝް ކެއުމަށް ލޯބިކުރާ ފަރާތްތައް ވަަރަށްވެސް ގިނައެވެ. ކޯންޑްބީފް އިން ތައްޔާރުކުރާ ކެއުންތަކުގެ ރަހައަކީވެސް ބައެއް ފަރާތްތަކަށް ވަރަށް ހާއްސަ ރަހައެކެވެ. ހެއިންޒް ބްރޭންޑްގެ ކޯންޑްބީފަކީ ދުނިޔޭގެ އެތަައް ހިސާބެއްގައި އިތުބާރު ލިބިފައިވާ މަޝްހޫރު ވައްތަރެކެވެ. ހަމަމިއާއެކު ރޮބަރޓް ބްރޭންޑްގެ ލަންޗަން މީޓްގެ ބީފާއި ޗިކަން އަދި ލަންޗަން މީޓް ވިތު ގާލިކް، ވިތު އޮލިވްސް އަކީވެސް އެހާމެ މަގުބޫލު ވައްތަރު ތަކެކެވެ. ހެއިންޒާއި ރޮބާޓޯ ބްރޭންޑްގެ މި ބާވަތްތައް ނުހަނު ފަސޭހަކަމާއެކު ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސްޓީއޯގެ އީސްޓޯރުން ލިބެން ހުންނާނެއެވެ.

ރޮބާޓް އަދި ހެއިންޒް ބްރޭންޑްގެ ބާވަތްތަކެކޭ އެއްފަދައިން އެސްޓީއޯގެ އީސްޓޯރުން ލިބެން ހުރި ކޮންޑެންސްޑް މަޝްރޫމް ސޫޕަކީވެސް ޔަގީންކަމާއި އިތުބާރު ލިބިފައިވާ ވަރަށް ރަހަވެސް އެހާމެ ފައްކާ ބާވަތެކެވެ. ކޮންޑެންސްޑް މަޝްރޫމް ސޫޕް (ކްރީމް އޮފް މަޝްރޫމްސޫޕް) އަކީ އޭގެ ޒާތުގައި އެއްވެސް އިތުރު އެއްޗެއް ބޭނުން ކުރުމަކާ ނުލައި ވަރަށްވެސް ފަސޭހަކަމާއެކު، މަދުމިނެޓްކޮޅެއްގެ ތެރޭގައި ކައްކާލެވޭ މީރު ސޫޕެކެވެ. މިނޫން އެހެން ގޮތްގޮތަށް ވެސް ކޮންޑެންސްޑް މަޝްރޫމް ސޫޕް ބޭނުން ކުރެވިދާނެއެވެ. އެގޮތުން ޕެނޭ، ޕާސްތާ، ފަދަ ތަކެތި ވެސް މިއާއެކު ބޭނުންކުރެވޭނެއެވެ.