މިނިވަން ދުވަހުގެ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން އުފާ ކާނިވާ" މިރޭ ހުޅުވުމަށް ނިންމައިފިއެވެ.

މިރޭ 20:00ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ކާނިވާ ރަސްމީކޮށް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.

ރޭަގައި ހުޅުވާގޮތަށް ހަމަޖެހިފައި އޮތް "މިނިވަން އުފާ" ކާނިވާ ހުޅުވުން ފަސްކުރީ މިހާރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތީންނެވެ.

މީގެއިތުރުން އެޗް.ޑީ.ސީން އިން ވަނީ މި ކާނިވާ ހުޅުވުމަށްޓަކާ ތައްޔާރުވުމުގެގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކު މިއަދު ހަވީރު 4 އިން ފެށިގެން ބަންދުވާނެކަމަށް ވިދާޅުވެފައެވެ.

އަދި އެޗްޑީސީއާއި ހޯމް މިނިސްޓްރީއާއި ވިދާޅުވިގޮތުގައި މި ކާނިވަލަކީ މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ހިިމެނޭ ފެސްޓިވަލެއް ގޮތަށް ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ހަރަކާތްކަމަށެވެ.

އޮގޮތުން މި ކާނިވަލުގައި ކުރިއަށްދާނެ ޚާއްސަ ހަރަކާތްތަކަށް ބަލާއިރު، ޓޫރިޒަމް މިނިސްޓްރީއާއި ބީ.އެމް.އެލްއާއި ދިރާގު ގުޅިގެން ރާއްޖޭގައި މިހާތަނަށް ބާއްވާ ފުރަތަމަ ޑްރޯން ޝޯވ ހިމެނެއެވެ. އަދި ރެޑްބުލްއާއި ގުޅިގެން ބާއްވާ ޕެރަ މޮޓޯގެ ހަރަކާތްތަކުގެ އިތުރުން، ހަވާ އެރުމުގެ ހަރަކާތްވެސް އޮންނާނެއެވެ.

މި ކާނިވަލްގައި ކުރިއަށްދާނެ ކުޅިވަރުތަކުގެ ތެރޭގައި

  • ދިގުދަނޑި ހިނގުން
  • އެކްރޮބެޓްސްް
  • ޖަގްލަރސް
  • ބިރުވެރި ހޮހޮޅަ
  • ކަރޯކޭ ބޮކްސް
  • ފްލޯޓް ޕާރކް
  • އަދި ލެއިޒަރ ޕާރކުގެ އިތުރުން ކުޅިވަރު ސްޓޯލްތައް ފުޑް ސްޓޯލްތަކާއި ދިވެހި އަދި ބޭރު ފަންނާނުންގެ ހުށައެޅުންތައް ކުރިއަށް ދާނެއެވެ.

ހަމައެއާކު ކާނިވަލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް، އިތުރު މީހަކާއެކު އިންޑޮނޭޝިޔާގެ ބާލީއަށް 7 ދުވަހުގެ ދަތުރެއް ލިބޭގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ކާނިވާގެ ހަރަކާތްތައް އަންނަ މަހުގެ 3 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.