ފީފާ ވިމެންސް ވަރލްޑް ކަޕުގައި ރާއްޖޭ ގަޑިން މިއަދު ހެނދުނު ކޮލަންބިއާ އާއި ޖަރުމަނު ބައްދަލު ކުރި މެޗުން ކޮލަންބިއާ 2-1 ގެ ނަތީޖާ އަކުން މޮޅުވެއްޖެއެވެ.
ކޮލަމްބިއާ، ދެއަހަރުގެ ޗެމްޕިއަން ޖަރުމަނު ސިއްސުވާލައިފައި މިވަނީ އެލެގްޒެންޑްރާ ޕޮޕް ދިން ޕެނެލްޓީއަކުން ނަތީޖާ އެއްވަރުވެފައި ވަނިކޮށެވެ. ކޮލަމްބިއާ ދޭއް އެކެއްގެ ނަތީޖާއަކުން ޖާރމަނީ ބަލިކޮށް މޮޅުވީ މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ލިބުނު ކޯނަރގައި ލަނޑު ޖަހައިގެންނެވެ.
މުބާރާތުގައި ޖަރުމަނު ކުޅުނު ފުރަތަަމަ މެޗުގައި މޮރޮކޯ އަތުން ތަފާތުބޮޑު ނަތީޖާއަކުން އެޓީމު މޮޅުވެފައި އޮތުމުން މި މެޗަށް އެޓީމުން ނުކުތީ އިތުބާރާއެކު އެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ނުހަނު ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަަމަ ހާފުގައި ދެޓީމަށްވެސް ލަނޑުޖަހަން ލިބުނު ރަނގަޅު ފުރުސަތުތަކެއް ބޭނުން ނުކުރެވި ހާފު ނިމުނީ ނަތީޖާ އެއްވަރުވެ ދެޓީމްގެ ސްކޯވެސް ސުމެއްގައި އޮވެގެނެވެ.
ދެވަނަ ހާފަށް ނުކުތް އިރު ކުޅުން ފެށުމާއެކުވެސް ކޮލަމްބިއާގެ ކުޅުން ރަނގަޅުކޮށްފައިވާކަން ފާހަގަކުރެވުނެވެ. ނަތީޖާ ފެނި މި މެޗުގެ ފުރަތަމަލަނޑު 52 ވަނަ މިނެޓުގައި، އެޓީމުގެ ރެއާލް މެޑްރިޑް ފޯވާޑް ލިންޑާ ކެއިސެޑޯ ވަނީ ޓީމަށް ކާމިޔާބު ކޮށްދީފައެވެ. މިލަނޑާއެކު މެޗު ނިމެން ދަނިކޮށް ޖަރުމަނުން ނަތީޖާ އެއްވަރު ކުރީ ފަހު ހާފުގެ 89 ވަނަ މިނެޓުގައި ލިބުނު ފެނެލެޓީގައި އެލެގްޒެންޑްރާ ޕޮޕް ޖެހި ލަނޑުންނެވެ.
ދެޓީމުގެ ސްކޯ އެކެއް-އެކެއްގައި އޮތުމުން، ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓްގެ ތެރެއިިން، މެޗުގެ 97 ވަނަ މިނެޓުގައި ޖެހި މި މޮޅު ގޯލުން އެޓީމުގެ ރެއާލް ސޮސިއެޑާޑްގެ ޑިފެންޑަރު މެނުއެލާ ވެނެގަސް ކޮލަމްބިއާއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު މޮޅު ކަށަވަރުކޮށްދީ، 1995 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ޖަރުމަނުވިލާތް ފުރަތަމަ ފަހަރަށް މިވަނީ ބަލިކޮށްފައެވެ. މިއީ ލިބުނު ކޯނަރެއްގައި މެނުއެލާ ވެނެގަސް ކާމިޔާބުކޮށްދިން ލަނޑެކެވެ.
ކޮލަމްބިއާގެސަޕޯޓަރުން އެޓީމުގެ މި ބޮޑު ކާމިޔާބީ ޓުވިސްޓަކާއެކު ފާހަގަކޮށްފައެވެ.
މިވަގުތު ހަ ޕޮއިންޓާއެކު، ގްރޫޕް އެޗްގެ އެއްވަނައިގައި ކޮލަމްބިއާ އޮތްއިރު ތިން ޕޮއިންޓާއެކު ޖަރުމަނު އޮތީ ގްރޫޕްގެ ދެވަނައިގައެވެ.