ކ. މާފުށީ ޖަލު ސަރަހައްދަށް ބަޔަކު ގަވާއިދާ ޚިލާފަށް ވަނުމުން އެ ޖަލު ކުއްލި ހާލަތަށް ގެނެސްފިއެވެ.

މިކަން ކަށަވަރުކޮށްދެއްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަވާއިދާ ޚިލާފަށް ބަޔަކު ވަނަސް އެއްވެސް ގައިދީއަކު ފިލާފައިނުވާ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

މިކަމާ ގުޅިގެން މާފުށީ ޖަލުގައި ސާޗް އޮޕަރޭޝަނެއް ކުރިއަށް އެބަގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގަވާއިދާ ޚިލާފަށް ޖަލަށް ވަނީ ކިތައް މީހުން ކަމެއް ކަރެކްޝަންސް އިން ހާމައެއް ނުކުރެއެވެ.