ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 61 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ މަސައްކަތުގެ ތެރެއިން އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން:

  • 10.6 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުން
  • 1521 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 555 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން
  • 166 މީޓަރުގެ ޝީޓް ޕައިލް މަސައްކަތް
  • 4492 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން
  • އަދި ބޮލާރޑްއާއި ފެންޑަރާއި ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވީ އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ ބޮޑުބައެއް ހިއްކާ ނިމިފައިވާކަމަށެވެ. އަދި އާއްމު ބަނދަރުގެ ތޮށީގެ މަސައްކަތްތުގެވެސް ބޮޑު ބައެއް މިހާރު ނިމިފައިވާކަމަށެވެ.

ތިނަދޫގައި މިހާރު ބޭނުންކުރަމުންދާ އާއްމު ބަނދަރަށް އިތުރުކުރަނީ 350 މީޓަތުގެ ތޮއްޓެކެވެ. އެ ބަނދަރުގެ ފުންމިނުގައި 3.5 މީޓަރު ހުންނާނެއެވެ.