ހަތިޔާރާއެކު ސިފައިންގެ އެކްސަސައިޒެއް ޅ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިތަމްރީންތަކަކީ އެމްއެންޑީއެފް ނޮދަން އޭރިއާ ކަމާންޑްގައި ހިންގާ ތަމްރީންތަކެއްކަމަށާއި މި ތަމްރީން މިމަހުގެ 10ވަނަ ދުވަހުގެ ނިޔަލަަށް ކުރިއަށްދާނެ ކަމަށެވެ.

މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތައް ހިމެނޭގޮތަށް ގެންދާ މި ތަމްރީން ކުރިއަށްދާނީ ޅ.އަތޮޅުގެ ބައެއް ރަށްރަށުގައާއި ރިސޯޓްތަކުގައެވެ. ތަމްރީންގެ ތެރެއިން މި ރަށްތަކާއި ރިސޯޓްތަކުގައި ސިފައިން ހަތިޔާރާއިއެކު ހަރަކާތްތެރިވާނެއެވެ.

އެމްއެންޑީއެފްގެ ޓްރެއިނިން ހަރަކާތުގައި ބައެއް ބާވަތްތަކުގެ ޕައިރޯޓެކްނިކްސް ބޭނުންކުރުމަށްވެސް ހަމަޖެހިފައިވާކަމަށް މަޢުލޫމާތުދެއެވެ.