އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 80 ޕަސެންޓް ނިމިއްޖެކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެކުންފުނިން ބުނީ ޖެޓީ ހެދުމާއި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ވަނީ ނިމިފައިކަމަށެވެ.

މި މަޝްރޫޢުގެ ދަށުން:

  • 20,049 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުން
  • 1,969 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
  • 2,317 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރީގެ ހާބަރ ބޭސިން ފުންކުރުން
  • 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން
  • 400 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން
  • 170 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 56 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން
  • ރޭމްޕެއް ހެދުމާއި ޖެޓީއެއް ހެދުން
  • އަދި 2240 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ސަރުކާރުން ހިންގާ މި މަޝްރޫޢަކީ 63.25 މިލިއަން ރުފިޔާގެ މަޝްރޫޢެކެެވެ.