ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓުކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހަމަޖައްސައިފިއެވެ

ދާދި ދެންމެ މުޢިއްޒު ކުރެއްވި ޓްވީޓެއްގައި އެކަން އެގޮތަށް ހަމަޖެހިފައިވާ ކަމަށް ވަނީ ވިދާޅުވެފައެއެވެ.

މީގެއިތުރުން މުޢިއްޒު ވިދާޅުވީ ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ނުދީފިނަމަ، އެ މަނިކުފާނު ދެއްވާފައިވާ އިރުޝާދާއެކު، ވާދަކުރާނޭ "ބެކްއަޕް" ކެނޑިޑޭޓެއްގެ ގޮތުގައި ޕީ.އެން.ސީ ގެ ކެނޑިޑޭޓެއް ހޮވުމަށް ޕީ.އެން.ސީ ސެނެޓުގައި ބޭއްވުނު އިންތިޚާބުގައި އެމަނިކުފާނު ހޮވުމުން، އަޅުގަނޑުގެ ރަނިންގމޭޓުގެ ގޮތުގައި ބޭފުޅަކު ހަމަޖައްސާ، އެޕްލިކޭޝަން ތައްޔާރުކުރުމަކީ އެމަނިކުފާނުގެ ޒިންމާއެއްކަމުގައި ދެކޭކަމަށެވެ.

އަދި އެމަނިކުފާނުގެ ރަނިންގމޭޓްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެންބެ) ހަމަޖައްސަން ނިންމިކަމަށާއި އެމަނިކުފާނަކީ، ޒުވާން، ތަޢުލީމީ، ޤާބިލް ޚިދްމަތްތެރިއެއްކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

އަޅުގަނޑުގެ ދުޢާއަކީ، 7 އޯގަސްޓުގެ ވަގުތު ހަމަވުމުގެ ކުރިން، އަޅުގަނޑުމެންގެ ކެނޑިޑޭޓް ރައީސް ޔާމީން އަށް ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިޔުން. އަދި މި ތައްޔާރުކުރެވޭ "ބެކްއަޕް" އެޕްލިކޭޝަން ލާންނުޖެހުން، .
މުޢިއްޒު ވިދާޅުވިއެވެ

މުއިއްޒު އަކީ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ތިންވަނަ އިހުތިޔާރެވެ. ފުރަތަމަ އިހުތިޔާރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ. އަދި ދެވަނަ އިހުތިޔާރަކަށް ދާނީ ރައީސް ޔާމީނަށް ވާދަ ނުކުރެވޭ ހާލަތެއް އައިސްފިނަމަ އެވެ. އެހާލަތުގައި ނިކުންނަވާނީ ޕީޕީއެމްއިން ކަނޑައަޅާ ކެނޑިޑޭޓެކެވެ. ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުއިއްޒު ކޯލިޝަންގެ ކެނޑިޑޭޓަކަށް ވެވަޑައިގަންނަވާނީ ޕީޕީއެމްއަށްވެސް އެފުރުސަތު ނުލިބިއްޖެނަމަ އެވެ.

ޑރ. މުއިއްޒު ޕީއެންސީގެ ރިޔާސީ ޓިކެޓު ކަށަވަރު ކުރެއްވީ ޕީޕީއެމްގައި ހުންނަވާފައި ޕީއެންސީއަށް ސޮއި ކުރައްވައި ކައުންސިލްގައި ނެގި ވޯޓުގެ މެޖޯރިޓީ ހޯއްދަވައިގެންނެވެ. އެވޯޓުގައި މުއިއްޒުއަށް 25 ވޯޓު ލިބިލެއްވިއިރު ވާދަކުރެއްވި އަނެއް ކެނޑިޑޭޓު އާދަމް ޝަރީފު އުމަރަށް ލިބިލެއްވީ 23 ވޯޓެވެ.