ދީބާޖާގެ ހުކުމް ތަންފީޒުކުރުން ބާތިލުކުރުމަށް އެދިއްޖެ

2
ދީބާޖާ ހުކުމް ތަންފީޒުކޮށްފިނަމަ ދައުލަތައް ބޮޑު ގެއްލުމެއް ލިބޭނެ

ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލް ކުރުމުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ޖެހޭ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ބާތިލްކުރަން ދައުލަތުން މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އެ މައްސަލައާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ދީބާޖާގެ މައްސަލައިގެ ހުކުމް ތަންފީޒުކުރުން ބާތިލްކުރަން އެދިފައިވަނީ ކޯޓުން އިސްނަގައިގެން ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާ ހިލާފަށް، އެ މައްސަލައިގެ ހުކުމް ތަންފީޒުކުރުމުގެ ބައި ކުރިއަށް ގެންގޮސްފައިވާތީ ކަމަށެވެ.

ދައުލަތަށް މާލީ ބޮޑު ބުރައަކަށް ވާ އެ މައްސަލައިގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ބާތިލްކުރަން ހުށަހެޅިއިރު، ސިވިލް ކޯޓުގައި އިއްޔެ ވަނީ ހުކުމް ތަންފީޒު މަރުހަލާގެ ފުރަތަމަ އަޑުއެހުން ބާއްވައިފަ އެވެ. ނަމަވެސް އެ އަޑުއެހުން ބާއްވާފައިވަނީ ސިއްރުކޮށްގެންނެވެ.

Advertisement

ބަންޑާރަ ނައިބުގެ ބަޔާނުގައިވަނީ ހުކުމް ތަަންފީޒުކުރުމުގައި ސިވިލް ކޯޓުން އަމަލުކުރަމުން އަންނަ އުސޫލުން، ފެބްރުއަރީ 15، 2015ގެ ފަހުން ކޮށްފައިވާ ހުކުމްތަކުގެ ތެރެއިން މަހަކު ވަކި ވަރެއް ދައްކަމުން ގޮސް އެ ފައިސާ ހަލާސްކުރާގޮތަށް ހުކުމްކޮށްފައިވާ މައްސަލަތަކުގައި، އެ މަހަކަށް ދައްކަންޖެހޭ ވަރު އެ މަހަކު ދައްކަމުން ނުދާކަން ނުވަތަ ފައިސާ ހަލާސްކޮށްފައިވާކަން އަރަނިވެރިޔާގެ ފަރާތުން އަންގާފައިނުވާނަމަ، އެ ހުކުމް ތަންފީޒުކުރުމަށް ކޯޓުން އިސްވެ ފަށާނީ ފައިސާ ދައްކާ ހަލާސްކުރަން ކަނޑައަޅާފައިވާ މުއްދަތަށް ފަހު ކަމަށެވެ. ނަމަވެސް ދީބާޖާ މައްސަލަ ހިންގާފައިވަނީ އެ އުސޫލާ ހިލާފަށް ކަން ފާހަގަކުރި އެވެ.

އޭގެ އިތުރުން ސިވިލް ކޯޓުގައި ބޭއްވި މައްސަލައިގެ އަޑުއެހުން ސިއްރުކޮށްފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތެް މެދުވެރިވެގެން ކަމަކަށް ނުފެންނަކަމަށް ބުންޏެވެ. ސިއްރު ހިފަހައްޓަންޖެހޭ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުލާނުކުރުމަކާ ނުލައި، ކޯޓުން މީޑިއާއަށް އަންގައި، އެ އަޑުއެހުމުގައި ކަން ހިނގާ ދިޔަ ގޮތުގެ މައުލޫމާތު ކޯޓުން މީޑިއާއަށް އާއްމުކުުރުމަކީ، ދައުލަތުގެ މާލީ ބޮޑު މަސްލަހަތެއް ހިމެނޭ މައްސަލައެއްގައި، ފުރިހަމަ މައުލޫމާތު އެންމެންނަށް ލިބިދިނުމަށް ހުރަސްއެޅުންކަން ވެސް ފާހަގަކުރި އެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި ދީބާޖާއާ އެކު ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލައިގައި އެ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން 2014 ގައި އޮތީ ހުކުމްކޮށްފަ އެވެ. އެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް މިދިޔަ މަހު ވަނީ ތާއީދުކޮށްފަ އެވެ.

Advertisements

2 COMMENTS

  1. ބޔަކު ގަސްދުގައި ރާވައިގެން ހިންގާފައިވާ ޖަރީމާއެއް. ވަރަށް ބޮޑު ނެޓްވޯކެއް ކަމަށް ބެލެވޭ

Comments are closed.