މިއަދު މެންދުރުފަހުން ފެށިގެން މާލެސިޓީގެ ރާޅުގަނޑުން ފެށިގެން އެއާޕޯޓް ލައިޓާ ހަމައަށް، އަދިވެސް އެތައް ހިސާބު ދުރަކަށް ވަރަށް ބޮޑަށް އުދައެރުމުގެ ސަބަބުން ބަޔެއް މަގުތަކުގައި ބަސް ދުއްވުމުގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

މިއުދައިގެ އަސަރު ވަނީ ހުޅުމާލެއާ ހަމައަށް ފޯރައި އަދި ހުޅުމާލެއިންމާލެ އަންނަ މަގާއި ސިނަމާލެ ބުރިޖުވެސް އިރުކޮޅަކަށް ބަންދުކޮށް މިހާރު ވަނީ ހުޅުވާލާފައެވެ.

އުދައެރުމުގެ ސަބަބުން ބައެއް ހިސާބުތަކުގައި ބަސް ދަތުރުކުރުމުގައި އުދަނގޫތަކެއް ހުރުމުން ކާނިވާ ރޫޓުގެ (އާރް 2 އަދި 8) ގެ ބަސްް ހިދުމަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ނަމަވެސް ވެސްޓްޕާކް ރޫޓުގެ (އާރް 1 އަދި 7) ބަސް ދަތުރުތަކާއި އެއާޕޯޓް ރޫޓުގެ (އާރް 3 އާއި 4 އަދި 9) ބަސް ދަތުރުތައް ކުރިޔަށް ދާނެކަމަށް އެމްޓީސީސީއިން ބުނިއެވެ.

މިވަގުތު މާލެއަތޮޅުގެ ހިސާބުތަކަށް ވަނީ ހުދުސަމާލު ވެސް ނެރެފައެވެ.