ދިވެހިރާއްޖޭގެ ފިލްމު އިންޑަސްޓްރީގެ އަގު ވަޒަން ކުރުމުގޮތުން ބާއްވާ ފިލްމް އެވޯޑް މި މަހުގައި ނުބާއްވާގޮތަށް ނިންމާ ފަސްކޮށްފައިވާކަމަށް ނެޝަނަލް ސެންޓް ފޮ ދި އާޓްސް (އެންސީއޭ) އިން ބުނެފިއެވެ.

ވަކި މުއްދަތެއް ކަނޑަނާޅާ ފަސްކުރި ދިވެހި ފިލްމް އެވޯޑް-10 ބާއްވާއިރު، އޭގައި ދައްކަން ހަމަޖެހިފައިވަނީ 2019 އާއި 2022 އާ ހަމައިގެ ކޮންޓެންޓުތަކެވެ.

މިދިޔަ ފިލްމީ އެވޯޑްގައި އެއްވަނަ އެކްޓްރެސް ރިޝްމީ

ނަމަވެސް އެންސީއޭއިން މިކަން ލަސްކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އެންސީއޭއިން ވަނީ އަލުން ބާއްވާ ތާރީހެއް ފަހުން އަންގާނެކަމާއި މިހާރު ދަނީ ތައްޔާރީތަށް ވަމުން ކަމަށް ބުނެފައެވެ.

މިއަހަރުގެ އެވޯޑުތަކުގެ ތެރޭގައި ހިމޭނޭނީ ފީޗާ ފިލްމާއި، ކުރު ފިލްމުގެ އިތުރުން ޑޮކިއުމެންޓްރީއެވެ. މި ދާއިރާތަކަށް ބަލާނަމަ 2019 އިން 2022 އާ ހަމައަށް ނެރެފައިވާ ފީޗާ ފިލްމުތަކުގެ އަދަދަކީ ސާދަ ފިލްމެކެވެ. އަދި މި މުއްދަތުގައި ހަތް ކުރު ފިލްމެއް ވަނީ ނެރެފައެވެ.