އެސްޓީއޯ ސްމާޓް ސްޓޯރުން ވިޔަފާރިކޮށްލާކަށް ނުދަން ހެއްޔެވެ؟ ކިތަންމެ ބިޒީކޮށް އުޅެމުންވެސް މިފިހާރައިން އެއްޗެހި ގަންނާކަށް މާގިނަ ވަގުތެއް ނުނަގާއިރު ނުދާންވީ ކީއްވެހެއްޔެވެ. މިއީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދިވެހިންގެ ތެރެއަށް ގެނެސްފައިވާ ބޮޑު އިންގިލާބީ ބަދަލެކެވެ. އެސްޓީއޯ ސްމާޓް ސްޓޯރ ހުޅުވުމުގެ ސަބަބުން އެސްޓީއޯގެ ނަން މިވަނީ ދިވެހި ތާރީހުގައި ފަނޑުނުވާނެ ދެއްޔަކުން ފަވާލެވިފައެވެ. 2016 ވަނަ އަހަރު އެމޭޒަން ކުންފުނިން ތައާރަފުކުރި މި އީޖާދީ ޓެކްނޮލޮޖީ މިހާ އަވަހަށް ރާއްޖެއަށް ތައާރަފްވެގެެން އައުމަކީ ހަގީގަތުގައިވެސް ދިވެހިރާއްޖެއަށް ލިބިފައިވާ ވަރަށްވެސް ބޮޑު ކުރިއެރުމެއްކަން ޔަގީނެވެ.

ހުޅުވިތާ ހަފްތާއެއްތެރޭގައި އެސްޓީއޯ ސްމާޓް ފިހާރައަށް 1937 މީހުން ވަދެފައި ވާއިރު 22 ކަސްޓަމަރުންނަށް ވަނީ އެޕީލްލިބިފައެވެ.

ފިހާރަ ތެރޭގައި އެވްރެޖްކޮށް ކަސްޓަމަރަކު ހޭދަކޮށްފައިވަނީ 317 ސިކުންތެވެ. މާނައަކީ 5މިނެޓާއި ސިކުންތުކޮޅެއްގެ ވަގުތުތެރޭގައި ވިޔަފާރިކޮށްގެން ނުކުންނަ ވާހަކައެވެ. އެސްޓީއޯ ސްމާޓް ފިހާރައަށް އެއްފަހަރާ ވަދެވޭނީ ޖުމްލަ ހަ މީހުންނަށެވެ. މުދަލަށް ފައިސާ ކެނޑުމަށް ހޭދަވެފައިވަނީ ގާތްގަނޑަކަށް 3 ސިކުންތެވެ. ދެހާސްހަތްސަތޭކަ މީހުން ސްމާޓް ސްޓޯރ އެޕް ޑައުންލޯޑްކޮށްފައިވާއިރު އޭގެ ތެރެއިން 1937 މީހުން ވަނީ ފިހާރައަށް ވަދެފައެވެ. އަދި އެމީހުންގެ ތެރެއިން 24 އިންސައްތަ މީހުންނަކީ މި ފިހާރައިގެ ރެގިއުލާ ކަސްޓަމަރުންގެ ގޮތުގައި މިވަނީ ފާހަަގަކުރެވިފައެވެ. މާނައަކީ މިފިހާރައިން ތަކުރާރުކޮށް ބާޒާރުކުރާ ކަސްޓަމަރުންގެ ގޮތުގައި ފާހަގަ ކުރެވޭ ވާހަކައެވެ.

އެސްޓީއޯ ސްމާރޓް ފިހާރަ: ކޭޝިއަރުން ނުތިބޭނެގްރެބް އެންޑް ގޯ އެޕްލިކޭޝަންގައި ކާޑު ރަޖިސްޓްރީކޮށް ލޮގިން ވާންޖެހޭ ހީރަސްނިއުސްޖުލައި 27, 2023 - 17:21(އަޕްޑޭޓްކުރީ: ޖުލައި 29, 2023 - 05:13)0 ފޭސްބުކް ޓުވިޓަރ އެސްޓީއޯ އިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިންގަމުން ދިޔަ ފިހާރަ ސްމާޓް ފިހާރައަކަށް ބަދަލުކުރުމަށް ފަހު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. ކޭޝިއަރުން ނުތިބޭ ސްމާޓް ފިހާރަ ހުޅުއްވާ ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

އެސްޓީއޯއިން އެތެރެކޮށް ވިއްކާ އުފެއްދުންތަކުގެ އިތުރުން އާންމު ކުދި ވިޔަފާރިތަކުގެ އުފެއްދުންތައް ވެސް ސްމާޓް ފިހާރައިން ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ. ފިހާރައިގައި ހުންނަ އޭއައި ކެމެރާ ތަކުން ހަރުތަކަށް ފިހާރައިގެ ސްޓޮކު ބެލެހެއްޓުމުގެ ގާބިލުކަން ލިބިގެންވެއެވެ.

އެސްޓީއޯ ސްމާރޓް ފިހާރައިން ކުރާ ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ކުރެވޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އެޕް ސްޓޯރ އަދި ޕްލޭ ސްޓޯރުންވެސް މި އެޕްލިކޭޝަން ޑައުންލޯޑު ކުރެވޭނެއެވެ.

ސްމާރޓް ފިހާރައިން މީހަކު އެއްޗެއް ގަންނައިރަށް ފިހާރައިގައި ހުރި މުދަލުގެ ހިސާބުތައް ވެންޑާއަށް އެޕްލިކޭޝަނުން ނޯޓިފިކޭޝަނެއް ދާނެއެވެ. އޭރުން މުދާ ރީސްޓޮކް ކުރަން ވެންޑާއަށް އެނގޭނެއެވެ. އަލަށް ގާއިމު ކުރި ސްމާރޓް މި ޓެކްނޮލޮޖީއާ އެކު ފިހާރައިގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ކުޑަކޮށްދީ, ފައިސާގެ މުއާމަލާތްތައް ކުރުމުގައި އަރާ އޮޅުންތަކެއް ނާރާނެއެވެ.

"ގްރެބް އެންޑް ގޯ" ކޮންސެޕްޓަކީ 2016 ވަނަ އަހަރު ދުނިޔެއަށް ތައާރަފުކޮށްފައިވާ ކޮންސެޕްޓެކެވެ. ގްރެބް އެންޑް ގޯ އެޕްލިކޭޝަންގައި އެ މީހެއްގެ ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑު ރަޖިސްޓްރީކޮށް ލޮގިންއެއް ހަދަން ޖެހޭނެ އެވެ. ކާޑު ރެޖިސްޓަރ ކުރާ ހިސާބުން 3ރ. ޗާޖު ކުރާނެއެވެ. އަދި ކަސްޓަމަރު ހަދާ ފުރަތަމަ ޓްރާންސެކްޝަނުގައި އެ 3ރ. ހިމެނޭނެއެވެ.

ސްމާޓް ފިހާރައަށް ވަދެވޭނީ އެޕުން ޖެނެރޭޓު ކުރާ ކިޔުއާރު ކޯޑު ސްކޭން ކޮށްލުމުންނެވެ. ފޯނު އަތުގައި ނޯންނަ ހާލަތުގައިވެސް އެޕްލިކޭޝަނުގައި ހިމަނާފައިވާ ފޭސް ރިކޮގްނިޝަން ފީޗާއިން މޫނު ސްކޭން ކޮށްލުމަށް ފަހު ފިހާރައަށް ވަދެވޭނެއެވެ. ގަތް ތަކެއްޗަށް ފައިސާ ދެއްކޭނީ "ޓޯކަނައިޒޭޝަން" ކިޔާ ފީޗާ އެއް މެދުވެރިކޮށް ކަސްޓަމަރު ފިހާރައިން ނިކުންނަ އިރުއެވެ.

ފިހާރައަށް ވަދެ ބޭނުންވާ މުދާ ހަރުތަކުން ނަގަމުންދާ އިރު، ވާޗުއަލް ކާޓަކަށް އެ އެއްޗެހި އިތުރުވަމުން ދާނެއެވެ. އަލުން އެ އެއްޗެއް ހަރަށް ލައިފި ނަމަ، ކާޓުން އެ އެއްޗެއް އުނިވާނެއެވެ. ހަރުތަކުގައި ގާއިމުކޮށްފައި ހުންނަ ސެންސަރު ތަކުންނާއި ފިހާރައިގައި ހަރުކޮށްފައިވާ ކެމެރާތަކުން އެކަން ދެނެގަންނަމުން ދާނެއެވެ.

ކޮބާ އެހެންވީމަ މިފިހާރައަށް ނުވަދެ ލަސްކުރާނެ ކަމެއް ނެތްތާއެވެ. އަވަހަށް ހިނގާށެެވެ. މިތަނުން ވިޔަފާރިކޮށްލުމަކީ ފަހުރަކަށް ނޫނީ ނުވާނެކަން ޔަގީނެވެ.