ށ. މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާކަމަށް އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މަތި ކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. މަތިކޮމަންޑޫ އިން 16.7 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ކުރުމުގެ ތެރެއިން

މި މަޝްރޫއުގެ ދަށުން 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅުވާލުން އަދި 1،690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުން ވެސް ހިމެނެއެވެ.

މި މަސައްކަތަކީ މިދިޔަ އަހަރު ޖޫން މަހުގައި އެމްޓީސީސީއާ 249.90 މިލިއަން ރުފިޔާއަށް ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.