7 އަހަރުފަހުން މަޖިލީހުގެ އައު އިމާރާތް ނިންމައިފި

1
އިމާރާތް ބޭނުންކުރަންފެށޭނެ ވަކި ތާރީޙެއް އަދި ނޭންގޭ

ރައްޔިތުންގެ މަޖިލީހުގެ 13 ބުރީގެ އާ އިމާރާތުގެ މަސައްކަތް، ހަވާލުކުރިތާ ހަތް އަހަރު ފަހުން ނިންމައި މަޖިލީހުގެ އިދާރާއާ ހަވާލުކޮށްފި އެވެ.

މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ އާ އިމާރާތް މަޖިލީހާ ހަވާލުކުރީ އޭޕްރިލް 10 ގައި ކަމަށާއި އެ އިމާރާތް ބޭނުންކުރަން ފެށުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އާ އިމާރާތް ބޭނުންކުރަން ފެށުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި އެ އިމާރާތަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި ނެޓްވޯކް އެޅުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.

ޒިޔާއު ވިދާޅުވި ގޮތުގައި އާ އިމާރާތް ބޭނުންކުރަން ފެށުމުން މަޖިލީހުގެ މަސައްކަތަށް ބޮޑު ފަސޭހައެއް ވެގެން ދާނެ އެވެ. އެގޮތުން ކޮމިޓީ ތަކުގެ ބައްދަލުވުންތައް ބޭއްވުމަށާއި މެމްބަރުން ބާއްވަން ޖެހޭ އެކި ބައްދަލުވުންތަކަށް އެތައް ގުނަޔަކަށް އިތުރު ޖާގަ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ އިމާރާތް ބޭނުން ކުރަން ފަށާނެ ތާރީހަކާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

Advertisement

މަޖިލީހުގެ އާ އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންޓްރެކްޓާސް (އާރްސީސީސީ) އާ ހަވާލުކުރީ 2011 ސެޕްޓެމްބަރު 14 ގަ އެވެ. ނަމަވެސް އެކި ސަބަބު ތަކާ ހެދި އެ މަސައްކަތް ފެށުން އެތައް ދުވަހަކަށް ލަސްވި އެވެ.

Advertisements

1 COMMENT

  1. ތިއީ އަނެއްކާވެސް އަނެއްވާހަކަ އެތައް ޒަމާން ވެއްޖެ މަސައްކަތެއް. ދުވާލަކު ގޮތަކަށް ބަދަލުކުރަމުން ދިޔަ ތަނެއް. މަސައްކަތް ނިމުމުން ތިކަން ވެފައިވާ ގޮތެއް މިސަރުކާރުން ބަލަން އެބަޖެހޭ. ވަރަށް ވާހަކަ

Comments are closed.