އަތޮޅު ފިހާރަތަކުގެ ފައިދާ އަތޮޅު ކައުންސިލްތަކަށް ދޭން ފަށައިފި

0

އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ، ހަތަރު އަހަރަށް ފަހު އަތޮޅު ކައުންސިލްތަކަށް ބަހަން ސަރުކާރުން ފަށައިފި އެވެ.

އަތޮޅު ފިހާރަތުގެ ފައިދާ ކައުންސިލްތަކަށް ލިބޭގޮތަށް ހަމަޖައްސައިފި

ފިިނޭންސް މިނިސްްޓްރީން ބުނީ އަތޮޅު ފިހާރަތަކުން ލިބޭ ފައިސާގެ ތެރެއިން 16 ކައުންސިލަކަށް 12.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. ފައިސާ ޖަަމާކޮށްނުދޭ ހަތަރު އަތޮޅަށް ވެސް ވަރަށް އަވަހަށް ފައިސާ ޖަމާކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މާލޭގައި ހިންގާ އަތޮޅު ފިހާރަތަކަކަކީ އަތޮޅު ކައުންސިލްތަކަށް ކުލީގެ 50 ޕަސެންޓް ލިބޭ ފިހާރަތަކެވެ. ނަމަވެސް އެ ފިހާރަތަކުން ކައުންސިލްތަކަށް އެންމެ ފަހުން ފައިސާ ދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފުރަތަމަ އަހަރު ކަމަށްވާ 2014 ގައި އެކަންޏެވެ.

Advertisement

ފިނޭންސް މިނިސްޓްރީން މި ފަހަރު ޖަމާކޮށްދީފައި ވަނީ 2015 ވަނަ އަހަރުގެ އަތޮޅު ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކައުންސިލްތައް ބާރުވެރި ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި އެކަން ކުރުމަށް އެންމެ މުހިންމީ މާލީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުން ކަމަށެވެ.

Advertisements