2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމުހުށަހަޅާފައިވަނީ 8 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އަދި އެ އަށް ފަރާތުގެ ކެންޑިޑެސީ ފޯމުވެސް އީސީން ވަނީ ބަލައިގެންފައެވެ.

މިއިންތިހާބަކީ ހުރިހާ ގޮތަކުންވެސް ތާރީހީ އިންތިހާބެއްކަން ޔަގީނެވެ. ސަބަބަކީ މި ރިޔާސީ އިންތިހާބަކީ ކެންޑިޑެސީ ފޯމު އީސީން ބަލައިގަނެ، މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލައްވާ އިންތިހާބަށް ވެފައިވުމެވެ. ކޮންމެއަކަސް ކުރިއަށް މިއޮތް ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުންގެ ގުރުއަތު ލުމަށް ދެން މާގިނަ ދުވަހެއް ނެތެވެ.

އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދު 2 ޖެހިއިރު ހަމަވިއިރު އިންތިޚާބުގައި މިނިވަންކޮށް 3 ކެންޑިޑޭޓަކު ވަނީ ވާދަކޮށްފައެވެ. އަދި އެކި ސިޔާސޯ ޕާޓީތަކުން 5 ކެންޑިޑޭޓަކު ވަނީ ވާދަ ކުރައްވާފައެވެ. މީގެ ތެރެއިން ފޯމުގެ ކަންކަން ޗެކްކޮށް މިނިވަން ތިން ބޭިފުޅުން ފިޔަވައި ދެން ތިއްބެވި ބޭފުޅުންގެ ކެންޑިޑެސީ ފޯމު އީސީން ވަނީ ބަލައި ގެންފައެވެ.

2023 ގެ ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކުން ކުރިމަތިލެއްވި ކެންޑިޑޭޓުން:

  1. އިބްރާހިމް މުހައްމަދު ސާލިހު / އެމްޑީޕ
  2. ޑރ.މުހައްމަދު މުއިއްޒު / ޕީއެންސީ
  3. މުހައްމަދު ނާޒިމް / އެމްއެންޕީ
  4. ގާސިމް އިބްރާހިމް / ޖުމްހޫރީ ޕާޓީ

2023 ގެ ރިޔާސީ އިންތިހާބަށް މިނިވަންކޮށް ކުރިމަތި ލެއްވި ކެންޑިޑޭޓުން:

  1. އަހުމަދު ފާރިސް މައުމޫން
  2. ހަސަން ޒަމީލް
  3. އުމަރު ނަސީރު

ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި، އަދި ރާއްޖޭގެ ތާރީހުގައި މިހާތަނަށް ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ ފުރަތަމަ ފަހަރެވެ. މިއިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ގުރުއަތުލުން އޮންނާނީ ބުދަ ދުވަހުއެވެ. މިއިންތިހާބަކީ ސިޔާސީ ގޮތުން ވާދަވެރި އިންތިހާބަކަށް ވެގެންދާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. މިހިސާބަށް އައިއިރު ކަންތައް ވެފައި އޮތް ގޮތާއި އަދި ވަމުން އަންނަ ގޮތާމެދު ވިސްނާލެއްވި ކޮންމެ ފަރާތަކަށްވެސް މިއީ ކިހާ ވާދަވެރި އިންތިހާބެއްކަން އެނގިހާމަވެގެންދާނެއެވެ.

2023ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން، މިއަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނާނެއެވެ. މިފަހަރު ޖުމްލަ 604 ވޯޓު ފޮއްޓެއް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ބެހެއްޓުމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި މިހާތަނަށް އައިއިރު ސިހިގެންދާވަރުގެ ބޮޑެތި އުސް ވައުދުތަކެއް ރިޔާސީ މިރޭހުގައި ވާދަކުރައްވާ ކެންޑިޑޭޓުން ދަނީ ކުރައްވަމުންނެވެ. ވައުދުތަކާއި އަހުދުކަށަވަރުތަކުގައި ހުރި ފެންވަރަކާއި ބުރަދަންހުރި މިންވަރެއް އެނގިހާމަވާނެ ދުވަހެއް އަންނާނެކަން ހަމަ ޔަގީނެވެ.