އެސް.ޓީ.އޯ އިން ޝިޕިންގ ވިޔަފާރި ފަށަނީ

1
ޝިޕިންގ ވިޔަފާރިއަށް ވަދެއްޖެނަމަ ތަކެތީގެ އަގުހެޔޮކުރެވޭނެކަމަށް އެސް.ޓީ.އޯ އިން ބުނޭ

ސަރުކާރުގެ އެންމެ ބޮޑު ކުންފުނި، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ޝިޕިން ވިޔަފާރިއަށް ވަންނަން މަސައްކަތް ކުރަން ވިސްނާ ކަމަށް ބުނެފި އެވެ.

އެސްޓީއޯ އިން ދަރުބާރުގޭގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ އެ ކުންފުނިން ބޭނުންވަނީ ހިއްސާދާރުންނަށް ރަނގަޅު ފައިދާއެއް ހޯދައިދޭން ކަމަށާ، ކުންފުނީގެ އަމާޒަކީ ވެސް އެއީ ކަމަށެވެ. މިގޮތުން ކުންފުނީގެ ހަރަދު ކުޑަކޮށް އެފިޝެންސީ އާއި ޕްރޮޑަކްޓިވިޓީ އިތުރު ކުރަން މަސައްކަތް ކުރައްވާ ކަމަށް އަމްރު ވިދާޅުވި އެވެ.

“އަހަރަކު ރާއްޖެ އަށް 70،000 ކޮންޓެއިނަރު އެތެރެކުރޭ. މިއީ ދުވާލަކު 190 ކޮންޓެއިނަރު. އެސްޓީއޯއަށް ގެނޭ މަހަކު 200 ކޮންޓެއިނަރު. އެހެންވެ އަޅުގަނޑުމެން ގަބޫލު ކުރަނީ މިއީ ނުވަދެ ތިބުމަށްވުރެ އެސްޓީއޯ ވަންނަންޖެހޭ ވިޔަފާރިއެއް ކަމަށް. މީގެ ސަބަބުން ހަރަދު ކުޑަވެގެންދާނެ. މިއާއެކު ފައިދާ ވެސް ބޮޑުވާނެ،” އަމްރު ވިދާޅުވި އެވެ.

Advertisements

އޭނާ އިތުރަށް ވިދާޅުވީ އެ ކުންފުންޏަށް 54 އަހަރުވެފައިވާއިރު އެސްޓީއޯ އުފެދިގެން އައީ ފުޑް ސެކިއުރިޓީ ޔަގީން ކޮށްދޭން ކަމަށާ، އެހެންވެ ފުޑް ޕްރޮސެސިންގެ ވިޔަފާރިއަށް ނުކުންނަން ޖެހޭ ކަމަށެވެ.

“އަޅުގަނޑުމެން ވިސްނާލަން ޖެހޭ، އަޅުގަނޑުމެން ކައި ބޮއި އުޅޭ ހުރިހާ ސާމާނެއް މި ގެންނަނީ ބޭރުން. ރާއްޖޭގައި ދަނޑުވެރިކަން ފުޅާކޮށް، އެސްޓީއޯއިން އެ ޑިސްރިބިއުޝަންގެ ތެރެއަށް ވަދެއްޖެނަމަ އެ ވާނީ އެސްޓީއޯއަށްވެސް ލިބޭ ފައިދާ އަކަށް އަދި މުޅި ރާއްޖެ އަށް ވެސް ލިބޭ ފައިދާ އަކަށް. އެއީ އެސްޓީއޯއަކީ، އެއީ ދިވެހި ރައްޔިތުންގެ އެސްޓީއޯއަކީ،” އަމްރު ވިދާޅުވި އެވެ.

ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ކުންފުނި، އެސްޓީއޯއަށް މިދިޔަ އަހަރުގެ ކުންފުނީގެ ޖުމްލަ އާމްދަނީ އަކީ 9.4 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 1.9 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއީ ޕަސެންޓޭޖުން ބަލާނަމަ 25 ޕަސެންޓުގެ އިތުރު ވުމެކެވެ.

Advertisements

1 COMMENT

Comments are closed.